ކާޑުން 30 އިންސައްތަ ފީ ނަގާކަމަށްބުނެ ފެތުރެނީ ދޮގު މައުލޫމާތެއް: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް، ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް...

21 Apr 2026 | 10:17
N/A

N/A

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ ގޮތާ ޚިލާފަށް، ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުޙައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ، 1 ޖުލައި 2025 އިން ފެށިގެން 30 އިންސައްތައާ ހަމައަށް ފީ ނެގެނީ ހަމައެކަނި ވަކި އީ-ކޮމާސް ސައިޓްތަކަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުއާމަލާތްތަކުން ކަމަށެވެ. އެއީ ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ކަމަށާއި، ސިއްޙީ ޚިދުމަތާއި ތައުލީމާއި ދަތުރުފަތުރު ފަދަ ދާއިރާތަކުގެ މާޗަންޓުންނަށް އެފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.

ބީއެމްއެލް އިން ބުނީ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 އިންސައްތައާ ހަމައަށް ކްރޮސްބޯޑަރ ފީއެއް ނެގުމަކީ ދުނިޔޭގެ ބޭންކުތަކުން އަމަލުކުރާ އުސޫލެއް ކަމަށާއި، ވަކި ބަޔަކަށް އަމާޒުކޮށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

މިފަދަ ދޮގު މައުލޫމާތަކީ ބޭންކުގެ އިތުބާރު ގެއްލުވައިލައި، ޤައުމުގެ އިޤުތިޞާދީ ހަމަޖެހުން ނަގާލަން ފަތުރާ ވާހަކަތަކެއް ކަމަށް ސިފަކޮށް، ބީއެމްއެލް އިން ވަނީ ހަމައެކަނި ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް ރިއާޔަތްކުރުމަށް ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް