ކޯވިޑް-19 އަށް އިތުރު 253 މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 111 މީހެކެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 61 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 64 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން 17 މީހެކެވެ.
މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 3،286 ސާމްޕަލެވެ.
މިވަގުތު 2،905 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 83 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 132 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 23،935 އަށް އަރާފައި އެވެ.
ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 71 މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 26،920 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް