ކޯވިޑް-19 "ދިފާއު" ގައުމީ ވެކްސިން ކެމްޕެއިންގެ ދަށުން ކ. ގާފަރަށް ފޮނުވި ގިނަ އަދަދެއްގެ ވެކްސިންތަކެއް ބޭނުންނުކުރެވި އުކާލަން ޖެހިއްޖެއެވެ.
ގާފަރު ސިއްހީ މަރުކަޒުގެ އޮފިޝަލަކާ ހަވާލާދީ މީޑިއާ ރިޕޯޓެއްގައި ބުނެފައި ވަނީ، އުކާލަންޖެހުނީ ސިނޮފާމް ވެކްސިން ޑޯޒުތަކެއް ކަމަށެވެ. އަދި ކުޑަކުދިންނަށް ދޭންޖެހޭ ވެކްސިންތަކެއް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.
ގާފަރަށް ފޮނުވި ސިނޮފާމްގެ 300 ޑޯޒްގެ ތެރޭން ބޮޑުބައެއް އުކާލަން ޖެހުނީ ފްރިޖްގެ މައްސަލައެއް ޖެހިގެންނެވެ. އެ ވެކްސިންތަކުގެ އަގު ދެލައްކައާ ގާތްކުރެއެވެ.
ގާފަރުގައި ބޭނުން ކުރެވިފައި ވަނީ އެންމެ 48 ޑޯޒް އެވެ. އެހެންކަމުން 252 ޑޯޒް ވަނީ ބޭކާރު ވެފައެވެ.
މީގެ އިތުރުން ހަލާކުވި ކުޑަކުދިންގެ ވެކްސިންތަކުގެ ތެރޭގައި ޕޯލިއޯއިން ރައްކާތެރިވުމަށް ދޭ 20 ޑޯޒް ހިމެނެއެވެ.
ގާފަރުގައި މިހާރު ޖަހަމުން ދަނީ ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒާއި ސިނޮފާމްގެ ފުރަތަމަ ޑޯޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް