ޕޮލިސް ބޯޑުގެ ރައީސަކަށް ފާއިޒު، ނައިބު ރައީސަކަށް ފަޔާޒް

ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަށް ރައީސާއި ނައިބު ރައީސް އައްޔަން ކޮށްފި އެވެ. އެ ބޯޑުގެ ރައީސަކަށް އައްޔަން ކޮށްފައިވަނީ މއ. މަނާގެ، އަލީ ފާއިޒުއެވެ. ނާއިބް ރައީސް ކަމަށް އައް...

21 Apr 2021 | 16:14

ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަށް ރައީސާއި ނައިބު ރައީސް އައްޔަން ކޮށްފި އެވެ.

އެ ބޯޑުގެ ރައީސަކަށް އައްޔަން ކޮށްފައިވަނީ މއ. މަނާގެ، އަލީ ފާއިޒުއެވެ. ނާއިބް ރައީސް ކަމަށް އައްޔަންކޮށްފައިވަނީ މ. ހަޒާރީވިލާ، އަހްމަދު ފަޔާޒް ހަސަން އެވެ.

ހޯމް މިނިސްޓްރީން ބުނީ އެ ދެބޭފުޅުން މަގާމުތަކަށް އިންތިހާބުކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

ޕޮލިސް ބޯޑުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރެވުމުން ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވަނީ ދެ ބޭފުޅުންނަށް މަރުހަބާ ދަންނަވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް އެންމެ ފައިދާ ހުރި މަގަށް ބައްޓަން ކުރުމުގައި ޕޮލިސް ބޯޑުގެ ދައުރު ވަރަށް މުހިންމު ކަމަށެވެ. އިމްރާން ވިދާޅުވީ ފާއިޒުގެ ރިޔާސަތާއި އެކު އެމަގަށް މިސްރާބު ހިފާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

https://twitter.com/ShimranAb/status/1384834849509318658

ޕޮލިސް ބޯޑުގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އެއީ ރައީސް އައްޔަން ކުރައްވާ ދެ މެމްބަރުންނާއި އެކި ދާއިރާތަކާ ގުޅޭ ތިން ތަޖުރިބާކާރުންނާއި އާންމުންގެ ތެރެއިން ދެ މެމްބަރަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް