އޯވާޑްރޯގެ މައްސަލައިގަ މިއަދު ގޮތެއް ނިންމަން ކޮމެޓީން ފާސްކޮށްފި

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމުގެ މައްސަލަ އާއި މެދު މިއ...

21 Apr 2021 | 12:24

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް އެމްއެމްއޭ އިން ދަރަނި ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދަ އިތުރުކޮށްދިނުމުގެ މައްސަލަ އާއި މެދު މިއަދު ގޮތެއް ނިންމަން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީން ފާސްކޮށްފި އެވެ.

މިދިޔަ އަހަރު ފިނޭންސް މިނިސްޓްރީއަށް ދިން އެ ހުއްދަ އަންނަ ހޯމަ ދުވަހަށް ހަމަވާނެ އެވެ. އެ ހުއްދަ އިތުރު ކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުނީ އިއްޔެ އެވެ.

މި މައްސަލަ ދިރާސާ ކުރުމަށް އެކުލަވާލާފައިވަނީ ނުވަ މެމްބަރުންގެ ކޮމިޓީއެވެ. އެ ކޮމިޓީން މިއަދު ނިންމާފައިވަނީ މިއަދާއި މިރެއާއި އެކު މަސައްކަތްކޮށް މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ކޮމިޓީން ނިންމާ ގޮތެއް ހުށަހެޅުމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގެންނަވަނީ

1. ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް (މުގައްރިރު)

2. ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު (ނައިބު މުގައްރިރު)

3، ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ

4. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

5. ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް

6. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު

7. މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް

8. މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު

9. އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން

އެ ކޮމިޓީން ވަނީ އިތުރަށް ސުވާލުކޮށް ކަންކަން ސާފު ކުރުމަށް އެ މައްސަލާގައި ފިނޭންސް މިނިސްޓަރާއި އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލް ކޮމެޓީ އަށް ހާޒިރު ކުރަން ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް