ދިވެހިރާއްޖެއާއި ސްޓޭޓް އޮފް ކުވައިތާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ރޭ ކުވައިތު ސިޓީގައި ހުންނަ ކުވައިތުގެ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި ދެ އެއްބަސްވުމުގެ ތެރެއިން އެއް އެއްބަސްވުމަކީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށް ވި އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ ޓޫރިޒަމް ދާއިރާގައި އެއްބާރުލުން ދިނުމާއި ގުޅޭ އެއްބަސްވުމެކެވެ.
މި އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އެވެ. ކުވައިތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ކެބިނެޓް އެފެއަރޒް ޑރ. އަޙްމަދު ނާސިރް އަލް މުޙައްމަދު އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙް އެވެ.
މި އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވި އަދި ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތައް ތަންފީޒުކުރުމަށް އިތުރަށް ފަސޭހަ ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް