ދަ އިކޯ އޯގްގެ ވާޗުއަލް ޓޯކް ސީރީޒް ދަ އައިލެންޑް ސެޝަންސްގެ މެއިން ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
ދަ އައިލެންޑް ސެޝަންސް އަކީ ރާއްޖޭގެ ލީޑިން އެންޓްރަޕްރެނެއަރުންނާއި އިންވެސްޓަރުން އަދި ރިސާޗަރުންނާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ކަމާ ގުޅުން ހުރި ދާއިރާތަކުގެ އެކްސްޕާޓުން ބައިވެރިކޮށްގެން ކުރިއަށް ގެންދާ ސެޝަން ތަކެކެވެ.
މި އިވެންޓު ހޮސްޓުކުރާނީ ކްރޮސްރޯޑްސްގައި ހުންނަ "ޔޯ ސްޕޭސް" އާ ގުޅިގެން "ދަ އައިލެންޑް ލެބް" އިންނެވެ.
މި އިވެންޓުގައި އެންްރަޕްރެނިއާޝިޕް، ސަސްޓެއިނެބިލިޓީ އަދި ފްރަންޓިއާ ޓެކްނޮލަޖީސް އާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ބަދަލު ކުރާނެ އެވެ. މި ސީރީޒްގައި ސްޓާޓްއަޕްސް، ޕްރޮޑަކްޓް ޑިޒައިން އަދި ޑިވެލޮޕްމެންޓާ ގުޅޭ ދާއިރާތަކުން ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނެ އެވެ.
މި ސެޝަންތައް އޮންލައިންކޮށް ސްޓްރީމު ކުރާނެއެވެ. އަދި އާންމުންނަށް މި ސެޝަންތައް ބެލުމުގެ ފުރުސަތު ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
އެންމެ ފުރަތަމަ ސެޝަން މެއި 11 ވަނަ ދުވަހު ބާއްވާއިރު އެ ސެޝަންގައި ހިޔާލު ބަދަލުކޮށް މަޝްވަރާ ކުރާނީ މިހާރުގެ އިންވެސްޓިން ޓްރެންޑުތަކާއި ކޯވިޑު ބަލިމަޑުކަމަށްފަހު އެންޓަޓެއިންމެންޓު އިންޑަސްޓްރީގެ މުސްތަގުބަލާ ގުޅޭގޮތުންނެވެ. އެ ސެޝަންގައި ހޮލީވުޑްގެ އެކްޒެކެޓިވް ޕްރޮޑިއުސަރު އަދި އިންވެސްޓުމެންޓު މެނޭޖަރު ބިލް ލިޝެކްވެސް ބައިވެރިވާނެ އެވެ.
މި ސެޝަންތަކުގައި ބައިވެރުވުމަށް ދަަ އައިލެންޑް ލެބްގެ ވެބްސައިޓު މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް