ކޯވިޑާއި ހެދި "ތޭންކް ގޯޑު"ގެ މަސައްކަތް ހުއްޓުމަކަށް!

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން މަސައްކަތް ހުއްޓުނު ފިލްމު "ތޭންކް ގޯޑު"ގެ މަސައްކަތް އަލުން ފެށިފަހުން އަނެއްކާވެސް ހުއްޓާލަން ޖެހިއްޖެ އެވެ. ކޯވިޑްގެ ލޮކްޑައުނާއި ގުޅިގެން މަސައ...

21 Apr 2021 | 08:34

ކޯވިޑް-19 އާއި ގުޅިގެން އިންޑިއާ ލޮކްޑައުން ކުރުމުން މަސައްކަތް ހުއްޓުނު ފިލްމު "ތޭންކް ގޯޑު"ގެ މަސައްކަތް އަލުން ފެށިފަހުން އަނެއްކާވެސް ހުއްޓާލަން ޖެހިއްޖެ އެވެ.

ކޯވިޑްގެ ލޮކްޑައުނާއި ގުޅިގެން މަސައްކަތް ހުއްޓާލަން ޖެހުނު އިރު ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި އޮތީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އެ ފިލްމުގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާފައިވާއިރު ދެވަނަ ޝޫޓިން ޝެއިލް ކުރިޔަށް ގެންދަން ހަމަޖެހިފައި އޮތީ މިމަހުގެ ފަހުކޮޅު އެވެ.

ފިލްމު "ތޭންކް ގޯޑު" ގެ އެއް ޕްރޮޑިއުސަރު އަނަންދް ޕަންޑިތް މީޑިއާގައި ބުނީ ދެވަނަ ޝޫޓިން ޝެޑިއުލްއަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ވެ ނިމިފައިވާ ކަމަށެވެ.

އެކަމަކު ކޯވިޑް ހާލަތު ގޯސްވުމާއި ގުޅިގެން މަހާރާޝްޓްރާ ސްޓޭޓް ލޮކްޑައުން ކުރުމުން ދެން މަސައްކަތް ކުރިޔަށް ގެންދާނެ ގޮތެއް ނިންމަން ދަތިވެ ގޮތެއް ނިންމުގައި ހަދާނެ ގޮތް ހުސްވެފައިވާ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ހުއްޓުމަކަށް އައިސްފައިވާއިރު އަލުން ފެށޭނެ ދުވަހެއް ނޭނގޭ ކަމަށް އަނަންދް ބުނެފައިވެ އެވެ.

އެ ފިލްމަކީ ހެއްވާ މަޖާ އަދި ރަނގަޅު މެސެޖެއް އާންމުންނަށް ފޯރުކޮށްދޭ ފިލްމެއް ކަމަށް ޕްރޮޑަކްޝަން ޓީމުން ބުނެފައިވެ އެވެ. ފިލްމުގެ މަސައްކަތް އިތުރަށް ލަސްވާތީ ރިލީޒް ކުރެވޭނެ ދުވަހެއްވެސް ކަނޑައެއް ނާޅަ އެވެ.

ފިލްމު "ތޭންކް ގޯޑު" ގައި ފެނިގެންދާ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، ރަކުލް ޕްރީތް ސިންގް އަދި ސިދާތް މަލްހޯތްރާ ހިމެނެ އެވެ. އެ ފިލްމުގެ އިތުރުން އަޖޭ ޑައިރެކްޓްކޮށް ލީޑްރޯލުން ފެނިގެންދާ ފިލްމު "މޭޑޭ"ގެ މަސައްކަތްވެސް ސްޓޭތް ލޮކްޑައުނާއި ގުޅިގެން ވަނީ ކެންސަލް ކޮށްފައި އެވެ.

ފިލްމު "ތޭންކް ގޯޑު" އަކީ އިންދަރް ކުމާރު ޑައިރެކްޓު ކުރާ ފިލްމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް