މާފުށީގައި ކޮމިއުނިޓީ ސްޕްރެޑެއް، ފްލޫ ކްލިނިކަށް ދެއްކި އިތުރު އަށް މީހުން ޕޮސިޓިވް

ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ. އެ ރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ. މާފުށ...

21 Apr 2021 | 07:44

ކ. މާފުށިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 10 އަށް އަރައިފި އެވެ.

އެ ރަށު ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެ މާފުށި މޮނިޓަރިންގެ ހާލަތަށް ގެނައީ އިއްޔެ އެވެ.

މާފުށީ ސިއްހީ މަރުކަޒުން ބުނީ އިއްޔެ އެ ރަށުން ޕޮސިޓިވްވި މީހާ އާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ކޯވިޑަށް ޓެސްޓު ކުރި މީހުންގެ ތެރެއިން މިހާތަނަށް އެކަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. އަދި ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ކޯވިޑް ނަތީޖާ ލިބުނު އަށް މީހަކު ޕޮސިޓިވްވެފައިވެ އެވެ.

މޮނިޓަރިންގެ ހާލަތަށް ގެނެސް އިއްޔެއިން ފެށިގެން މާފުށީގައި ވަނީ ރެންޑަމް ސާމްޕަލް ނަގަން ފަށާފައި އެވެ. އިއްޔެ 142 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 130 އަށްވުރެ ގިނަ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފަވެ އެވެ.

މާފުށިން ޕޮސިޓިވްވި މީހުންގެ އެ ރަށުގައި މަސައްކަތް ކުރާ ބައެއް ފުލުހުން ހިމެނެ އެވެ.

މާފުށީގެ އިތުރުން އއ. މަތިވެރީގައިވެސް ކޯވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް އެބައޮތެވެ. އެ އަތޮޅު ބޮޑުފުޅަދޫ ޕޮސިޓިވް ކޭސް އާއި ގުޅުން ހުރި 10 އަށްވުރެ ގިނަ މީހުން މަތިވެރިން ވަނީ ޕޮސިޓިވް ވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް