މަތިވެރިން 10 މީހުން ފައްސިވެ، ރަށް މޮނިޓަރިންގް އަށް ލައިފިއެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލް މެމްބަރު އިލްޔާސް އިބްރާހީމް ވިދާޅުވީ، އެރަށުގައި 10 މީހުން ފައްސިވީ އެކި ގޭގެއިން ކަމަށެެވެ. އެހެންކަމުން މިހާރު އެރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް އެބަ އޮތް ކަމަށް އިލްޔާސް ފާހަގަކުރެއްވިއެވެ.
ފައްސިވެފައިވަނީ ނެގި ސުންކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު 15 މީހުންގެ ތެރެއިން 10 މީހުން ކަމަށާއި އެންމެ ފުރަތަމަ ދުވަހު ނެގި ބައެއް ސުންކުގެ ނަތީޖާ އަދި ނުލިބޭކަމަށް އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރޭގެ ވަގުތެއްގައި މަތިވެރިން އިތުރު 28 ސުންކު ނަގާފައި ވެއެވެ. އެ ސުންކުތަކުގެ ނަތީޖާވެސް އަދި ނުލިބެއެވެ. މިއަދުވެސް މަތިވެރިން އިތުރު ސުންކުތަކެއް ނެގުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެއެވެ.
ފައްސިވި ނިސްބަތަށް ބަލާނަމަ، މަތިވެރިން ފައްސިވެފައި ވަނީ 10 ގެއެއްގެ މީހުން ކަމަށް އިލްޔާސް ފާހަގަ ކުރެއްވިއެވެ. މިކަމާ ގުޅިގެން އިތުރަށް ސުންކު ނަގަންޖެހޭ އަދަދު ވަރަށް ބޮޑަށް ގިނަވާނެއެވެ.
ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފެށިފައި ވާއިރު، ސުންކު ނެގުމުގެ މަސައްކަތް މެންދުރު ފަހު ފަށާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.
" ޕޮޒިޓިވް ވި ކަން (މި10 މީހުން) މި އެނގުނީ މިއަދު. ދެން ދޭތެރެ ދޭތެރއިން ފަތުރުވެރިން ޕޮޒިޓިވްވެފައި އެކަން ނިމިގެންދޭ. ދެން މިއަދު ޕޮޒިޓިވްކަން މި އެނގުނީ އިއްޔެ ނެގި ސާމްޕަލް ތަކުން." އިލްޔާސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް