ކައި އާމްދަނީ ހޯދާގޮތް ކިޔައިދީފި!

މަޝްހޫރު މޮޑެލް ކައިޒީން އަކީ، ގނަމީހުން އޭނާގެ ބޯކޮޅު ބަލަމުން ދާ ފަންނާނެކެވެ. ކުރާ ކަންކަމާ، އުޅޭގޮތާއި އައި އަމިއްލަ ދިރިއުޅުމުގެ އެހެން ވާހަކަތައް ވެސް ވަރަށް ގާތުން ބަަލަން އޭނާގެ ފޭނުން ބޭނުންވ...

21 Apr 2021 | 05:54

މަޝްހޫރު މޮޑެލް ކައިޒީން އަކީ، ގނަމީހުން އޭނާގެ ބޯކޮޅު ބަލަމުން ދާ ފަންނާނެކެވެ. ކުރާ ކަންކަމާ، އުޅޭގޮތާއި އައި އަމިއްލަ ދިރިއުޅުމުގެ އެހެން ވާހަކަތައް ވެސް ވަރަށް ގާތުން ބަަލަން އޭނާގެ ފޭނުން ބޭނުންވެއެވެ.

ކައިޒީން އަށް އާމްދަނީ ލިބޭ ގޮތްތައް ކިޔައިދިނީ އޭނާ އަމިއްލައަށެވެ. ކައިޒީން ދިރިއުޅުމަށް ކުރާ މަސައްކަތް އެނގެން ބޭނުންވާ ކަމަށް މީހަކު ބުނެފައިވާ ކޮމެންޓަކަށް ޖަވާބު ދެމުން ކައިޒީން ބުނެފައި ވަނީ، އެއީ ވަރަށް ޝައުގުވެރި ސުވާލެއް ކަމަށެވެ.

އެގޮތުން، 30 ސިކުންތުގެ އިޝްތިހާރު ވީޑިއޯއެއް ކުޅެދެނީ މަދުވެގެން 25،000 ރުފިޔާއަށް ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އޭނާގެ ސޯޝަލް މީޑިޔާގައި ކުރާ ޕޯސްޓްތަކަށް ވެސް އާމްދަނީ ލިބޭ ކަމަށް ކައިޒީން ބުނެފައި ވެއެވެ.

ކައިޒީން ބުނެފައި ވަނީ އޭނާ އަކީ 'ފުލްޓައިމް ސޯޝަލް މީޑިޔާ އިންފްލުއެއްޒާ' އެއް ކަމަށެވެ. އޭގެ މާނައަކީ އޭނާގެ އާމްދަނީ ބިނާވެފައި ވާނީ މާކެޓިންގް އަށް ކަމަށް ކައިޒީން ބުންޏެވެ.

މީގެ އިތުރުން، ބައެއް ކޮންޓްރެކްޓް ތަކާއި، ތަފާތު ކުންފުނިތަކުގެ އެމްބެސެޓަރ ކަނވެސް ކައިޒީންއަށް ލިބިފައި ވެއެވެ. މި ކަންކަމަކީ މަހު މުސާރަ ލިބޭ ކަންކަމަށް ވާތީ، އެއީވެސް އޭނާގެ އާމްދަނީއަށް އިތުރުވާ ބައެކެވެ.

ކައިޒީން ބުނާ ގޮތުގައި އޭނާގެ އިޝްތިހާރު ބޭނުންކޮށްގެން، ކުންފުނިތަކަށް ފަސޭހަކަމާއެކު ގިނަ ކަސްޓަރަމުންނަށް އެ އިޝްތިހާރު ފޯރުކޮށްދެވެއެވެ. އެގޮތުން އޭނާގެ އިޝްތިހާރުތައް، ލައްކައެއް ހާ މީހުނަށް ފޯރާކަމަށް ކައިޒީން ބުނެފައިވެއެވެ.

މީސްމީޑިޔާގައި އެކި ކުންފުނިތަކާ ގުޅޭ އެއްޗެހި ކައިޒީންގެ ސްޓޯރީ އަށާއި ފީޑްސް އަށް ލަނީ ވެސް އަގަށް ކަމަށް އޭނާ ބުނެފައިވެއެވެ.

މި ކިޔައިދިން ވާހަކަ ތަކުން، ސުވާލު ކުރި އަންހެން ކުއްޖާއަށް ކޮންމެވެސް ވަރެއްގެ މައުލޫމާތުކޮޅެއް ލިބުނުކަމަށް އުންމީދު ކުރާ ކަމުގައި ކައިޒީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް