ޔޫރޯ އާއި ވޯލްޑްކަޕް ގައި ރޮނާލްޑޯއަށް ނުކުޅެވިދާނެ ކަމުގެ ބިރު !

ޕޯޗުގަލް އާއި އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބަރާތާއި އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ފޯލްޑްކަޕް ފުޓްބޯ...

21 Apr 2021 | 05:37

ޕޯޗުގަލް އާއި އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަންނަ ޖޫން މަހު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބަރާތާއި އަންނަ އަހަރު ގަތަރުގައި ބާއްވާ ފީފާ ފޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.

ޔޫރޯއާއި ފީފާ ވޯލްޑްކަޕްގައި ރޮނާލްޑޯއަށް ނުކުޅެވިދާނެ ކަމުގެ ބިރުހީވެފައިވަނީ ޔޫރަޕްގެ ނަން މަޝްޙޫރު 12 ކުލަބެއް އެކުވެގެން ދާދި ފަހުން އުފައްދާފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި ރޮނާލްޑޯ ހިމެނޭ އިޓަލީގެ ކުލަބް ޔުވެންޓަސް ބައިވެރިވެފައިވާތީއެވެ.

ޔޫރޯ އާއި ފީފާ ވޯލްޑްކަޕް ގައި ނުކުޅެވޭ ގޮތަށް ސަސްޕެންސަންއެއް އަތުވެއްޖެ ނަމަ އެއީ ރޮނާލްޑޯއަށް އޭނާގެ ފުޓްބޯޅަ ކެރިއަރު ނިމުމަކަށް އައުންކަމަށް ގިނަބަޔަކު ދެކެއެވެ.

ސުޕަ ލީގު ވުޖޫދު ވުމާއި ގުޅިގެން ޔުއެފާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ކުލަބެއް އަދި ކޮންމެ ކުޅުންތެރިއަކުވެސް ފީފާއިން ނޫނީ އެހެން ފެޑެރޭޝަންތަކުން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ބައިވެރިއެއްނުވެވޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އެކަމަށް ޔުއެފާގެ އިތުރުން ދުނިޔޭގެ އެހެން ހުރިހާ ބައްރުތަކަކުންވެސް ތާއިދުކޮށްފައިވާއިރު، ޔުއެފާއަށް އެއްބާރުލުންދީ ފީފާއިންވެސް ވަނީ ބަޔާނެއް ނެރެފައެވެ.

އެހެންކަމުން ސުޕަ ލީގު އިޢުލާންކުރި 12 ކުލަބަށް، އެ ޤައުމުތަކުގައި ކުޅުނު ފުރުޞަތު ގެެއްލިގެންދާއިރު، ޔޫރަޕުގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޔޫރޯ އާއި ފީފާ ވޯލްޑްކަޕްގައި އެ ކުލަބުތަކުގައި ހިމެނޭ ކުޅުންތެރިންނަށް ނުކުޅެވޭނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބަކުން ސުޕަ ލީގު ތަޢާރަފުކުރިނަމަވެސް މި ލީގުގައި ބައިވެރިވެފައިވާ އިނގިރޭސި ހަ ކުލަބު މިހާރު ވަނީ މި ލީގުން ވަކިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް