ސްޓެލްކޯ ފެން: 10 ކޭސް ގަތުމުން، ހިލޭ ޑެލިވަރީއާއެކު އިތުރު އެއްކޭސް

ސްޓެލްކޯ އިންް 10 ކޭސް ފެން ގަތުމުން މުޅިން ހިލޭ ގެންގޮސްދިނުމާއެކު އިތުރު އެއް ކޭސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެންމެ އަގުހެޔޮ ކޮލިޓީގައި 5 ލީޓަރުގެ ފެން ކޭހެއް 48 ރުފިޔާއަށް ސްޓެލްކޯއިނ...

21 Apr 2021 | 05:22

ސްޓެލްކޯ އިންް 10 ކޭސް ފެން ގަތުމުން މުޅިން ހިލޭ ގެންގޮސްދިނުމާއެކު އިތުރު އެއް ކޭސް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެންމެ އަގުހެޔޮ ކޮލިޓީގައި 5 ލީޓަރުގެ ފެން ކޭހެއް 48 ރުފިޔާއަށް ސްޓެލްކޯއިން ވިއްކާއިރު، ހިލޭ ގެންގޮސްދެނީ10 ކޭހަށްވުރެ ގިނައިން ނަގާނަމައެވެ.

ރާއްޖޭގައި ފެން ފުޅީގައި ބަންދުކޮށްގެން ވިއްކާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ ކަރަންޓު ހިދުމަތް ދޭ އެންމެ ބޮޑު ކުންފުނި ސްޓެލްކޯގެ “ސްޓެލްކޯ ފެން” އަކީ ތަފާތު، ފެންވަރު ރަނގަޅުކޮށް އުފައްދާ ފެނެކެވެ. ސްޓެލްކޯއިން ފެން އުފައްދަނީ އިންޖީނުގެ ހޫން ނުކުންނަ އާވިންނެވެ.

މި ފެން އުފެއްދުމުގައި އެހެން ކުންފުނިތަކާއި ހުރި ތަފާތަކީ މިއީ ރާއްޖޭގައި ތައްޔާރު ކުރެވޭ އެންމެ ސާފު ފެނަށްވުމެވެ. ސްޓެލްކޯއިން އާވިން ފެން އުފައްދާއިރު އެހެން ކުންފުނިތަކުން ފެން އުފައްދަނީ ވާރޭ ފެނުންނެވެ.

ސްޓެލްކޯއިން “ދުވަސް” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ “ސްޓެލްކޯ ފެން” އަކީ ތިމާވެއްޓާއި ރައްޓެހިކޮށް ތައްޔާރުކުރެވޭ ފެނެއް ކަމަށެވެ. އޭނާ ވިދާޅުވީ ރާޢްޖޭގައި އުފައްދައި ބަންދުކޮށްގެން ވިއްކާ އެހެން ފެނާއި ސްޓެލްކޯގެ ފެނާއި ހުރި ތަފާތަކީ ރާއްޖޭގެ އެހެން ކުންފުނިތަކުން އުފައްދާ ފެނަށް ވުރެ މި ފެނުނުގެ ސާފުކަން ތިން ގުނަ އިތުރުވުމެވެ.

ސްޓެލްކޯއިން ފެނުގެ ބާޒާރަށް ނުކުމެ އިންޖީނުގެ އާވިން ނުކުންނަ ހަކަތައިން ފެން އުފައްދައިގެން ވިއްކަން ފެށީ 2017 ވަނަ އަހަރު އެވެ. އެކަމަކު އެ ކުންފުނީގެ މުވައްޒަފުން މި ފެން ބޯން ބޭނުންކުރާތާ 25 އަހަރު ވެއްޖެ އެވެ. އަދި ފެނުގެ ވިޔަފާރިއަށް ނުކުތުމުގެ ކުރިން އެމްޑަބްލިއުއެސްސީއަށް މި ފެން ފޯރުކޮށްދީފައިވެ އެވެ.

މި އަގަކީ އެ ކުންފުނިން ފެން ބަންދުކޮށްގެން ވިއްކަން ފެށީންސުރެ ވިއްކާ އަގެވެ.ސްޓެލްކޯއިން ވިދާޅުވީ، އެންމެ ބޮޑަށް އެކުންފުނިން ބޭނުންވަނީ މިހާރު މާކެޓުގައި ލިބެން ހުންނަ ފެނަށްވުރެ ފެންވަރު ރަނގަޅު އަދި އަގު ހެޔޮ ފެން ވިއްކުން ކަމަށްވާތީ މިހާރު ވިއްކަމުންދާ އަގަށް ބަދަލު ގެންނަން ނުސްވިނާ ކަމަށެވެ.

ސްޓެލްކޯ ފެނަށް އޯޑަރު ކުރުމަށް  9110888 އަށް ވައިބާ ކުރަން ސްޓެލްކޯއިން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް