އާޒިމް މަސައްކަތް ކުރަނީ ސަރުކާރު އިނދަޖައްސަން: އައްޑޫ ޝަރީފް

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރައްވަނީ ސަރުކާރު އިނދަ ޖައްސާލަން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެ އެވެ. ޝަރީފް މިހެން ވ...

21 Apr 2021 | 05:12

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަލީ އާޒިމް މަސައްކަތް ކުރައްވަނީ ސަރުކާރު އިނދަ ޖައްސާލަން ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެ އެވެ.

ޝަރީފް މިހެން ވިދާޅުވެފައިމިވަނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި އެމްއެމްއޭ އިން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގޮތެއް ނުނިންމުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އާޒިމް އެ މައްސަލައިގައި މަޖިލީހަށް އިއްޔެ ގޮތެއް ނުނިމި ދިޔައީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީގެ ލީޑާޝިޕާއި މަޝްވަރާކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށް ވިދާޅުވެފައެވެ.

އެކަމަށް އިޝާރާތްކޮށް ޓީވީ ޕްރޮގުރާމެއްގައި ރޭ ޝަރީފް ވިދާޅުވީ އިއްޔެއަކީ ރާއްޖޭގެ ތާރީހުން ވަރަށް ކަޅު ދުވަހެއް ކަމަށާއި، އާޒިމަކީ ބަރުލަމާނީ ނިޒާމަަކަށް ތާއީދުކޮށްގެން ސަރުކާރު އިނދަ ޖައްސާލެއްވުމަށް މަސައްކަތް ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި މެމްބަރުންނަށް ބައެއް ވަޒީރުން ނުފޫޒު ފޯރުވި ކަމަށް އާޒިް ވިދާޅުވި ވާހަކަތައް ދޮގުކުރައްވަމުން ޝަރީފް ވަނީ ބަރުލަމާނީ ނިޒާމު ގެނެއުމަށް މަޖިލީހުގެ ތެރެެއިން އާޒިިމް މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ، ދުނިޔޭގެ އެެއްވެސް ގައުމެއްގައި މިފަދަ ހާލަތެއްގައި ޕާޓީ ލައިނެއް ނޯންނާނެ ކަމަށާއި މިއުޅެނީ ރިޔާސީ ނިޒާމު ޕްރެކްޓިކްސް ނުކުރެވިގެން ނޫން ކަމަށާއި، މިއުޅެނީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރު ނުވެގެން ކަމަށެވެ.

"ރިޔާސީ ނިޒާމު އޮތްއިރު ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރާ ގޮތް މިއީ. ދެން ބައްލަވާ ބަރުލަމާނީ ނިޒާމު ގެނެސްފިނަމަ ރައްޔިތުން އުލު ނޫންތޯ ބައިންދާނީ؟ އެފަދަ ދުވަހެއް ނުދެއްކެވިއްޔާ ރަނގަޅު. އަޅުގަނޑަށް މި ފެންނަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ބައެއް މީހުން ރައްޔިތުން ކަނޑުފަށްތަން ވެސް ތައްޔާރަށް ތިބިތަން" ޝަރީފް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް