ސުޕަ ލީގުން އިނގިރޭސި ކުލަބުތައް ވަކިވެއްޖެ

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން އިނގިރޭސި ކުލަބުތަކުން ވަކިވާން ނިންމައިފިއެވެ. ފައުންޑާ 12 ކުލަބާއި އެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސުޕަ ލީގު ރަސްމީކޮށް އ...

21 Apr 2021 | 05:09

ޔޫރަޕުގެ ނަން މަޝްހޫރު 12 ކުލަބެއް ގުޅިގެން އުފެއްދި ޔޫރަޕިއަން ސުޕަ ލީގުން އިނގިރޭސި ކުލަބުތަކުން ވަކިވާން ނިންމައިފިއެވެ.

ފައުންޑާ 12 ކުލަބާއި އެކު މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސުޕަ ލީގު ރަސްމީކޮށް އިއުލާންކޮށްފައިވާއިރު، އެ މުބާރާތުގެ ފައުންޑާ ކުލަބުތަކުގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަ ކުލަބެއް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ މެންޗެސްޓާ ޔުނައިޓެޑާއި، ލިވަޕޫލާއި، ޗެލްސީ އާއި، މެންޗެސްޓާ ސިޓީ އާއި، އާސެނަލް އަދި ޓޮޓެންހަމްއެވެ.

އިނގިރޭސި ކުލަބުތަކުގެ އިތުރުުން ދެން ހިމެނެނީ ސްޕެނިޝް ލީގުގެ ތިން ކުލަބަކާއި އިޓާލިއަން ލީގުގެ ތިން ކުލަބެކެވެ.

ސްޕެނިޝް ލީގުން ހިމެނޭ ކުލަބުތަކަކީ ރެއާލް މެޑްރިޑާއި، ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑުއެވެ. އަދި އިޓާލިއަން ލީގުން ހިމެނޭ ކުލަބުތަކަކީ އިންޓަ މިލާނާއި، އޭސީ މިލާން އަދި ޔުވެންޓަސްއެވެ.

ޔުއެފާ އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާއި ދެކޮޅަށް ޔޫރަޕުގެ 12 ކުލަބަކުން ގުޅިގެން އުފެއްދި ޔީރަޕިއަން ސުޕަ ލީގުން އިނގިރޭސި ކުލަބުތައް މި މުބާރާތުން ވަކިވިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.

ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތަކެއް ހިމަނައިގެން ސުޕަ ލީގު އުފެއްދުމުގެ ބޭނުމަކީ އެ ކުލަބުތަކުގެ މާލީ ހާލަތު ރަނގަޅު ކުރުންކަމަށް އެފަރާތްތަކިން ބުނެއެވެ. ޔޫރަޕިއަން ސުޕަ ލީގެއް އުފެއްދި އިރު، މި ލީގުގެ ޗެއާމަނަކީ ރެއާލް މެޑްރިޑުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒެވެ. އަދި ލީގުގެ ވައިސް ޗެއާމަނުންނަކީ ލިވަޕޫލުގެ ވެރިޔާ ޖޯން ހެންރީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޖޯލް ގްލޭޒާއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސުޕަ ލީގު ކާމިޔާބުކުރާ ޓީމަކަށް 400 މިލިޔަން ޔޫރޯ ލިބިގެންދާނެއެވެ. މިއީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކަށް ލިބޭ ފައިސާގެ އަދަދަށްވުރެ އެތަކެއް ގުނަ އިތުރު އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް