ވެކްސިން ޕާސްޕޯޓާއި ޑަބްލިއުއެޗްއޯއިން ދެކޮޅު

ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ބައެއް ގައުމުތަކުން ދޫކުރަން ފަށާފައިވާ ވެކްސިން ޕާސްޕޯޓަށް ތާއީދު ނުކުރާ ކަމަށް ދުނިޔޭގެ ސިއްހަތޔ\ު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފި އެވެ. ޑަބް...

21 Apr 2021 | 04:42

ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރުމުން ބައެއް ގައުމުތަކުން ދޫކުރަން ފަށާފައިވާ ވެކްސިން ޕާސްޕޯޓަށް ތާއީދު ނުކުރާ ކަމަށް ދުނިޔޭގެ ސިއްހަތޔ\ު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފި އެވެ.

ޑަބްލިއުއެޗްއޯގެ ޕަބްލިކް ހެލްތް އެމަޖެންސީ ޕްރޮގްރާމްގެ ވެެރިޔާ ޑރ. މައިކް ރެއިން ވިދާޅުވީ ވެކްސިން ޖެހުމުން ވައިރަސް ފެތުރުން ކޮންޓްރޯލްވާ މިންވަރާ ގުޅޭ ދިރާސާއެއް މިހާތަނަށް ހެދިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ހަމައެކަނި ވެކްސިން ޖަހައިގެން ވައިރަސް ކޮންޓްރޯލް ނުވާނެ ކަމަށެވެ.

ޑރ. މައިކް ވިދާޅުވީ ވެކްސިން ޕާސްޕޯޓު ތައާރަފު ކުރުމުން ފަގީރު ގައުމުތަކުގައި ދިރިއުޅޭ މީހުންނަށް އޭގެ ގެއްލުން ދައްކައި ހަމަހަމަކަން ގެއްލޭނެ އެވެ. އެއީ ގައުމުތަކަށް ވެކްސިން ލިބުމުގައި ހުރި ތަފާތު ކުރުންތަކާ ހެދި ޕާސްޕޯޓެއް ތައާރަފުކޮށްފި ނަމަ ދަތުރުފަތުރުގައި ވެސް ހަމަހަމަކަން ގެއްލޭނެ ކަން ފާހަގަ ކުރެއްވި އެވެ.

ވެކްސިން ޕާސްޕޯޓުގެ ބަދަލުގައި ޑަބްލިއުއެޗްއޯއިން ގައުމުތަކަށް ލަފާދެނީ ބައިނަލްއަގްވާމީ ދަތުރުވެރިންނަށް ކަރަންޓީނުގެ ފިޔަވަޅު ކުރިއަށް ގެންދިޔުމަށެވެ.

މީގެކުރިންވެސް ޑަބްލިއު އެޗްއޯއިން ވަނީ އެ ޖަމިއްޔާއިން ވެކްސިން ޕާސްޕޯޓު ތައާރަފު ކުރުމާއި ދެކޮޅުކަން ހާމަކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް