ޑީއެޗް11 އަށް ގެންދިޔަ އުމުރުން ދުވަސްވީ މީހާގެ ހާލަތު ގޯސްވެގެން ހިނގައިދާނެ: ޑރ. މޫސާ އިސްމާއިލް

ކޯވިޑް-19 އަށް މާލެއިން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 އަށް ގެންދެވުނު އުމުރުން ދުވަސްވީ މީހާގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގައި ޑރ. މޫސާ އިސްމާ...

21 Apr 2020 | 11:34

ކޯވިޑް-19 އަށް މާލެއިން މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 އަށް ގެންދެވުނު އުމުރުން ދުވަސްވީ މީހާގެ ހާލަތު އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމުގައި ޑރ. މޫސާ އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ މޫސާ އިސްމާއިލް ވިދާޅުވީ އުމުރުން 80 އަހަރުގެ އެ ފިރިހެން ޕޭޝަންޓް ކްލޯސް މޮނީޓަރިންއަށް ޑީއެޗް11 އަށް ގެންގޮސްފައިވާއިރު އެއީ ކުރިން ގޭގައި އެނދުމަތިކޮށްފައި އޮންނަތާ ދެ އަހަރުވެފައިވާ މީހެއް ކަމަށެވެ. އަދި އިތުރު ގިނަ ބަލިތަކެއްވެސް އެބަހުރި ކަމަށެވެ.

"ދެ އަހަރުވަންދެން ބެޑްރިޑަން، ސްޓްރޯކެއްގެ ސަބަބުން އެހެން ބަލިތައްވެސް އެބަހުރި، ކޮލެސްޓްރޯލް މަތިވުން، ރިކަރަންޓް އެސްޕިރޭޝަން ނިއުމޯނިއާ ޖެހިގެން ކުރިންވެސް އެޑްމިޓް ވެފަ ހުރި ޕޭޝަންޓެއް" ޑރ. މޫސާ އިސްމާއިލް ވިދާޅުވިއެވެ.

މީގެ ކުރިންވެސް ޑީއެޗް 11ގައި ކޯވިޑް19 ގެ ހަތަރު ޕޭޝަންޓަކަށް ފަރުވާ ދީފައިވެއެވެ. އަދި އެ މީހުން މިހާރު ވަނީ ރަނގަޅުވެފައިކަން ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މިއަދު ޑީއެޗް11އަށް ގެންދިޔަ މީހާއަކީ މިހާތަނަށް ޑީއެޗް11 އަށް ގެންދިޔަ އުމުރުން އެންމެ ދުވަސްވީ ފަރާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް