މާލެއިން ކޯވިޑް-19 އަށް އެމްއެންޑީއެފް މީހަކު ޕޮޒިޓިވް ވެފައިވާކަން ހާމަކޮށްފިއެވެ.
އެގޮތުން މިހާރު ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޭސް 69 އަކީ އެމްއެންޑީއެފް މީހެއް ކަމަށެވެ.
ޕޮޒިޓިވް ވި އެމްއެންޑީއެފް ކޭސް އާއި ގުޅޭގޮތުން މި ޕްރެސް ކޮންފަރެންސްގައި ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމްއެންޑީއެފްގެ މީހަކު ޕޮޒިޓިވް ވިކަން މިއޮތީ އެނގިފައި ކަމަށާއި އޭގެ ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ ކަމަށެވެ.
"އޭރުން އެނގޭނެ އެ ބަލި ޖެހުނު ގޮތް" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ އެމްއެންޑީއެފާއި ޕޮލިހާއި އައިޖީއެމްއެޗްގައި ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންނަށް ބޭނުންވާ ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ހުންނާނީ ލިބޭގޮތަށް ކަމަށެވެ. އަދި އެމްއެންޑީއެފްގައި މި ޕޮޒިޓިވްވީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މީހެއްތޯ ނުވަތަ ނޫންތޯ އަދި ނުބެލޭ ކަމުގައިވެސް މަބްރޫކް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް