މާލެއިން އިތުރު ބިދޭސީއަކު ޕޮޒިޓިވް ވެ، މާލެއިން މިހާތަނަށް ޕޮޒިޓިވް ވި އަދަދު 83 އަށް އަރައިފިއެވެ. ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ރައްޔިތެކެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މި މީހާ އައިސޮލޭޝަން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި ކުރިން ޕޮޒިޓިވް ވި ކޭސް އަކާއި މި ކޭސް އާއި ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށެވެ.
މިއާއެކު މިއަދު ޕޮޒިޓިވް ވި އަދަދު މިވަނީ 14 އަށް އަރާފައެވެ. އެއީ ހަ ބިދޭސީންނާއި އަށް ދިވެހިންނެވެ. އަދި މިއަދު ޕޮޒިޓިވްވި އުމުރުން 80 އަހަރުގެ މީހަކު ކްލޯޒް މޮނީޓަރިން އަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް 11 އަށް ބަދަލުކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
https://twitter.com/HPA_MV/status/1252532141591674880
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް