މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 80 އަހަރުގެ މީހަކު ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 އަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެއީ ގާތުން މޮނީޓަރ ކުރުމަށްޓަކައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ޑީއެޗް11 އަށް ބަދަލުކުރަނީ ދިވެއްސެއް ކަމެއް ނުވަތަ ބިދޭސީއެއް ކަމެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މިއީ މާލެއިން ޕޮޒިޓިވް ވި މީހެއްކަން އެނގެއެވެ.
މިއަދު ޕޮޒިޓިވް ވި 13 މީހުންގެ ތެރޭގައި ފަސް ބިދޭސީއަކާއި އަށް ދިވެއްސަކު ހިމެނެއެވެ.
މީގެ ކުރިން (މާލެއިން ކޭސްތައް ފެނުމުގެ ކުރިން) ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި ހަތަރު ފަރާތަކަށް ޑީއެޗް11 ގައި ފަރުވާ ދީފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް