ކޯވިޑް-19: މަގުމަތިވެފައިވާ 80އަށްވުރެ ގިނަ މީހުންނަށް ވަގުތީ ހިޔާއާއި ކެއުންބުއިން ހަމަޖައްސައިދީފި

މާލޭގައި މަގުމަތިވެފައިވާ 80އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މި މިނިސްޓްރީއާ ޙަވާލުކުރުމާ ގުޅިގެން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދަނީ ކެއިންބުއިމާއި ވަގުތީ ބޯ...

21 Apr 2020 | 09:03

މާލޭގައި މަގުމަތިވެފައިވާ 80އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން މި މިނިސްޓްރީއާ ޙަވާލުކުރުމާ ގުޅިގެން މި މަހުގެ 15ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދަނީ ކެއިންބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަކަން ޖެންޑަރ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނީ މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓުކުރެވިފައިވާ ފަރާތްތަކަށްވެސް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

އަދި މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400އަށް ވުރެ ގިނަ ފަރާތްތަކަށް ބަޔާންކުރެވުނު އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި އެ ކައުންސިލްއާއެކު މިނިސްޓްރީން މިހާރު ދަނީ ވިލަރެސްކުރަމުން ކަމުގައިވެސް ބުނެފައިވެއެވެ.

މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު ފަރާތެއްގެ މަޢުލޫމާތު ލިބިލައްވައިފައިވާ ނަމަ ލަސްނުކުރައްވައި މި މިނިސްޓްރީގެ 3328393އާ ޙިއްޞާކުރެއްވުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް