ލޮކްޑައުން އާއި ހިލާފުވި ތިން މީހަކު ހައްޔަރުކޮށްފި

މާލޭ ސަރަހައްދުގެ ލޮކްޑައުން އާއި ހިލާފު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ. މިއީ މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ހިލާފު ވެގެން ބަޔަކު ...

21 Apr 2020 | 07:26

މާލޭ ސަރަހައްދުގެ ލޮކްޑައުން އާއި ހިލާފު ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މިއީ މިދިޔަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 1 އާ ހަމައަށް އިއުލާން ކޮށްފައިވާ ލޮކްޑައުންއާ ހިލާފު ވެގެން ބަޔަކު ހައްޔަރު ކުރި ފުރަތަމަ ފަހަރެވެ.

ގަވާއިދާ ހިލާފަށް މަގުމައްޗަށް ނުކުމެ އުޅުނު ތިން މީހުން އިއްޔެ ހައްޔަރު ކުރި އިރު، 68 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިއްޔެ އާ ހަމައަށް ޖޫރިމަނާ ކޮށްފައި ވަނީ 78 މީހެކެވެ.

މި ގަވައިދާ ހިލާފުވާ މީހުން ޖޫރިމަނާ ކުރަނީ1،000 ރުފިޔާއިންނެވެ. ހައްޔަރު ކުރާ މީހުންނަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް ފުލުހުން ބުނެ އެވެ. އަދި އޭގެ ތެރެއިން ކަރަންޓީން ކުރަން ޖެހޭ މީހެއް ނަމަ ކަރަންޓީން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ލޮކްޑައުންކޮށްފައިވާ ހާލަތުގައި ބޭރަށް ނުކުމެވޭނީ ކޮންމެ ތިން ދުވަހަކުން އެއް ދުވަހު ގެއަކުން އެކަކަށް ފުލުހުންގެ ހުއްދަ އާއި އެކު އެވެ. އެއީ ގެއަށް ބޭނުންވާ ޒަރޫރީ ތަކެތި ގަންނަން ކަމަށާއި އެ ނުކުންނަ މީހަކު އުޅެން ޖެހޭނީ ވަކި ހާއްސަ ޒޯނެއްގައި ހިނގާފައި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މާލެ26 ޒޯނަކަށް ބަހާލާފައި އެވެ. ކަނޑައެޅިފައިވާ ޒޯނުން ބޭރަށް ނުކުމެއްޖެ ނަމަ ބަލާނީ އެމީހަކު ލޮކްޑައުން އާއި ހިލާފުވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް