މާލެއިން ކޯވިޑް19 އަަށް އިތުރު13 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެއީ ފަސް ބިދޭސީންނާއި އަށް ދިވެހިންނެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މި އިތުރު 13 ކޭސްގެ ކޭސް ނަމްބަރު ތަކަކީ، ކޭސް 70، ކޭސް 71، ކޭސް 72، ކޭސް 73، ކޭސް 74، ކޭސް 75، ކޭސް 76، ކޭސް 78، ކޭސް 79، ކޭސް 80، ކޭސް 81 އަދި ކޭސް 82 ކަމަށެވެ. އެއީ ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހަކާ އަށް ދިވެހިން ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި އަދަދު މިވަނީ 82 އަކަށް އަރާފައެވެ. މާލެއިން ޕޮޒިޓިވްވި އަދަދު މިވަނީ 62 އަކަށް އަރާފައެވެ.
https://twitter.com/HPA_MV/status/1252486590263439360
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް