ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ތިން ދުވަހަށް ކުޅުދުއްފުށި ސިޓީ ލޮކްޑައުން ކުރަން ނިންމައިފި އެވެ.
ލޮކްޑައުންގެ ފެށޭނީ މިއަދު މެންދުރު 12:00 އިން ފެށިގެންނެވެ.
އެ ސިޓީގެ ކައުންސިލުން ބުނީ ލޮކްޑައުން ކުރަން ކުޅުދުއްފުށީގެ ކޮވިޑް ޓާސްކް ފޯހުން ނިންމީ، ހއ. އުލިގަމު މީހަކު ކޮވިޑް-19 އަށް ޕޮސިޓިވްވެފައިވާތީ ކަމަށެވެ. އެމީހާ މާލެއިން ރަށަށް ގޮސްފަިއވަނީ ހއ. އިހަވަންދޫ ބޯޓެއްގައި ކަމުން އެ ސަރަހައްދުގެ ގިނަ ރަށްތަކަކަށް މީހުން ގޮސްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ލޮކްޑައުން ހާލަތުގައި ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓް ތަކަށް ދެވޭނީ ޑެލިވަރީގެ ހިދުމަތް އެކަންޏެވެ. ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުންނަށް ޖެހޭ މީހުންނަށް ކައުންސިލުން ދޫކުރާ ފާސްހިފައިގެން ނޫން ގޮތަކަށް ނުނިކުމެވޭނެ އެވެ.
ރަށްރަށުންދާ މީހުންގެ ތެރެއިން ސިޓީއަށް ފޭބުމުގެ ހުއްދަ ދޭން ނިންމާފައިވަނީ ތެލެސީމިއާ ކުދިންނަށާއި ޑަޔަލަސިސް ހަދަން ދާ މީހުންނަށެވެ. އެހެން ރަށްރަށަށް ގެންދަން ޖެހޭ މުދާ އަިދ ކާޑުގެ ބާވަތްތައް ބަނދަރާއި ހިސާބަށް ގެންދިއުމުގެ އިންތިޒާ ހަމަޖައްސާނެ އެވެ.
މާލެ ސަރަހައްދުގައިވެސް ވަނީ ކޯވިޑް-19 ގައި މިހާތަލަށް ނުދަނީސް ތިން ގަޑިއަރަށް ހަފްތާއެއް ވަންދެން ކާފިއު ހިންގާދައި އެވެ. އެކަމަކު އާންމުންގެ ފަރާތުން މާ އެދެވޭ އެއްބާރުލުމެއް ދީފައިނުވާކަން ސިއްހީ މާހިރުން ފާހަގަ ކުރެއްވި އެވެ.
އެޗްޕީއޭއިން މިހާޜު ބުނަމުންދަނީ މާލެއަށް ދިމާވިފަދަ ގޮތަކަށް ދިމާވުމުގެ ކުރިން އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުން ގޭގައި ތިބެން ޖެހޭ ކަމަށެވެ. ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 މާލެ ސަރަހައްދުން އެންމެ ފުރަތަމަ ފެނުނީ މިދިޔަ ބުދަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް