ކޯޥިޑް-19: ރަށުބަންދު ހާލަތާ ހިލާފުވި މީހަކު މުރައިދޫން ހައްޔަރުކޮށްފި

ރަށުބަންދު ހާލަތާ ހިލާފުވި މީހަކު ހއ. މުރައިދޫން ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި ހއ. މުރައިދޫން ހއ. ބާރަށަށް...

20 Apr 2020 | 19:24

ރަށުބަންދު ހާލަތާ ހިލާފުވި މީހަކު ހއ. މުރައިދޫން ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި ހއ. މުރައިދޫން ހއ. ބާރަށަށް ގޮސްފައި އައިސް މުރައިދޫގައި ހުއްޓައެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މާލެ ސަރަހައްދު ފިޔަވައި މުޅި ރާއްޖެއަށް ރަށު ބަންދުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެއް ރަށުން އަނެއް ރަށަށް ދިއުމަކީ މަނާކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް