ކޯވިޑް-19: ބީއެޗްއެމްގެ ފިހާރަތައް ވަގުތީގޮތުން ބަންދުކޮށްފި

ބީއެޗްއެމްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ ކުންފުނީގެ ވިޔަފާރިތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. އެގޮތުން އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގ...

20 Apr 2020 | 19:11

ބީއެޗްއެމްގެ މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެ ކުންފުނީގެ ވިޔަފާރިތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

އެގޮތުން އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ މުވައްޒަފަކު ކޯވިޑް19 އަށް ޕޮޒިޓިވްވެފައިވާކަމަށް މިއަދު ހެނދުނު ކަމާއިބެހޭ ފަރާތްތަކުން އަންގާފައިވާތީ އެހިނދުން ފެށިގެން އެ ކުންފުނީގެ ހުރިހާ ހިދުމަތެއް މެދުކަނޑާލުމަށްފަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަށް ފުރިހަމައަށް އެއްބާރުލުންދީ މިކަމުގެ ފުރިހަމަ ޓެސްޓްތަކާއި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަގުފަހިކުރުމުގެ ގޮތުން ހުރިހާ މުވައްޒަފުން ތިބީ ގޭގައި މަޑުކޮށްގެން ކަމަށެވެ.

މުވައްޒަފުންނާއި، ކަސްޓަމަރުންގެ އަދި ހުރިހާ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމާއިބެހޭ ފަރާތްތަކަށް އެއްބާރުލުންދީ އެ ކުންފުނީގެ ފިހާރަތައް ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ނިހާޔަތަށް ހިތާމަކުރާކަމުގައިވެސް ބުނެފައިވެއެވެ. އަދި ކަމާއިބެހޭ ފަރާތްތަކުގެ އިޒުނަ ލިބުނުހާ އަވަހަކަށް ހިދުމަތް އަލުން ފެށުމަށް ތައްޔާރަށް ތިބި ކަމަށްވެސް ބުނެފައިވެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ޕޮޒިޓިވް ވިކަން މިއަދު ހެނދުނު އިއުލާނުކުރި ކޭސްތަކުގެ ތެރޭގައި ހިމެނޭ ކޭސް 53 އަކީ ބީއެޗްއެމްގެ ޑެލިވަރީގައި އުޅޭ ދިވެއްސެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް