ރާއްޖެއިން މިއަދު ކޮވިޑަށް 140 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 140 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 102 މީހެއްގެ އިތުރުން ރަށްރަށުން ޕޮޒިޓިވް ވި 17 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 14 މީހަކާއި ލިވަބޯޑްތަކުން ޕޮޒިޓިވް ވި ހަ މީހެއްގެ އިތުރުން ތަރައްގީ ކުރަމުން އަންނަ ރިސޯޓަކުން މީހެކެވެ.
މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،513 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،436 އެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަނީ 95 މީހަކަށެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް