މާދަމާ މާލެ ސަރަހައްދުގައި އަލުން ވެކްސިން ދޭން ފަށަނީ، ދެނީ ޗައިނާގެ ސިނޮފާމް ވެކްސިން

މާލެ ސަރަހައްދުގައި އަނެއްކާވެސް މާދަމައިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. އެޗްޕީއޭއިން ބުނެފައިވާގޮތުގައި މާލެ ސަރަހައްދުގައި (މާލ...

21 Mar 2021 | 16:54

މާލެ ސަރަހައްދުގައި އަނެއްކާވެސް މާދަމައިން ފެށިގެން ވެކްސިން ދޭން ފަށާނެ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ދިރިއުޅޭ އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޯވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން 22 މާރިޗް 2021 ގައި ފެށޭނެއެވެ.

ވެކްސިން ދޭ ތަންތަނާއި ގަޑިތައް:

  • ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު (ހުޅުމާލޭ ފްލޫ ކްލިނިކް ހުރި އިމާރާތް)، ރައްޔިތުންގެ މަޖިލިސް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި ހެނދުނު 10:00 އިން ހަވީރު 4:00 އަށް.
  • ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ހެނދުނު 10:00 އިން މެންދުރު 02:00 އަށް

ވެކްސިން ޖަހަން ދާއިރު ބަލަންޖެހޭ ކަންތައްތައް:

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިން ޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއް ލުން
  • ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން

އެޗްޕީއޭއިން ބުނެފައިވާގޮތުގައި މާދަމައިން ފެށިގެން ފުރަތަމަ ޑޯޒް ދޭން މި ފަށަނީ 15 މާރިޗް 2021ގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވާ ސިނަފޯމް ވެކްސިންގެ ޑޯޒްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް