ޓްރެކް ސަރަހައްދުގައި ގާއިމްކުރި ޑައިވިންގ ޕްލެޓްފޯމާއި ސްލައިޑް ހުޅުވާލައިފި

ސްވިމިން ޓްރެކް ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑައިވިން ޕްލެޓްފޯމާއި ސްލައިޑް މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފިއެވެ. މިކަން ހާމަކޮށް ޔޫތު މިނިސްޓްރީ އަދި މިނިސްޓަރު މަހްލޫފް އާންމު ކުރެއްވި ވ...

21 Mar 2021 | 15:26

ސްވިމިން ޓްރެކް ސަރަހައްދުގައި ގާއިމްކޮށްފައިވާ ޑައިވިން ޕްލެޓްފޯމާއި ސްލައިޑް މިއަދުން ފެށިގެން އާންމުކޮށް ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް ޔޫތު މިނިސްޓްރީ އަދި މިނިސްޓަރު މަހްލޫފް އާންމު ކުރެއްވި ވީޑިއޯއަކާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ކަމަކީ ވަރަށް ގިނަ ބަޔަކު އުންމީދުކުރަމުންދިޔަ ކަމެއް ކަމަށާއި މިކަން ހަގީގަތަކަށް ހެދުމަށް ސްވިމިންގް އެސޯސިއޭޝަންގެ ފަރާތުން ކުރެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި އެ ތަނުގެ އަޖުމަ ބެއްލެވުމަށްފަހު މަހްލޫފް ވިދާޅވެފައިވަނީ ޑައިވިންގް ޕްލެޓްފޯމާއި ސްލައިޑް ވަރަށް ކަމުދިޔަ ކަމަށެވެ.

https://twitter.com/AhmedMahloof/status/1373611082376302592?ref_src=twsrc%5Etfw

އެ ސަރަހައްދުގައި ޑައިވިންގް ޕްލެޓްފޯމަކާއި ސްލައިޑެއް ހަދާ ހުޅުވާފައިވާއިރު، ހަމަ އެ ސަރަހައްދުގައި މި ސަރުކާރުން ވަނީ ފާހާނާ ހިމެނޭހެން، ހިޔާކޮށްފައިވާ ޕްލެޓްފޯމެއްވެސް ގާއިމްކޮށް ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް