މާލޭގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ ތާކުން މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މއ. ކުއްޅަފިލާގެއަށް ފުލުހުން ވަދެ މިއަދު އެ ގެ ރެއިޑް ކުރީ އެ ގެއަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެ އުޅޭ ތަނަކަށް ވާތީ ކަމަށެވެ.
"އެކަން ހުއްޓުވުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ފުލުހުން ވަދެ ބަލައި ފާސްކުރުން ކުރިއަށްގެންދޭ" ފުލުހުން ބުނެފައިވެއެވެ.
އިތުރަށް ބުނެފައިވަނީ އެގޮތުން މިއަދުވެސް ވަދެ ބަލައި ފާސްކޮށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ޕެކެޓާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް