މާލޭ ގެއެއްގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ނިދިގޮތަށް ނުހޭލައިިގެން ބެލިއިރު މަރުވެފައި އޮއްވާ ފެނުނީ އައްޑު ސިޓީ ހިތަދޫ/ އެންތޫރިއަމް، މުހައްމަދު ޝިނާން (31އ) އެވެ.
މާލޭގެ ގެއެއްގެ ތެރޭގައި ރޭ ނިދި ގޮތަށް ހަބަރެއް ނުވެގެން އާއިލާ އިން ބެލިއިރު މީހަކު މަރުވެފައި އޮތް މައްސަލައެއް ރޭ ފަތިހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް ތުހުމަތު ކުރެވޭ އެއްވެސް ކަމެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.
.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް