ރަމަޟާން މަހަކީ އެއްބައިވަންތަކަން ދިރުވާ އާލާ ކުރާ މަހަކަށްވުމުން އާއިލާ އާއި ރައްޓެހިންނާއިއެކު ގުޅުން ބަދަހި ކުރުމަށް ވަގުތު ހޭދަ ކުރުމަކީ އާދަކާދައެވެ. ހަމަ އެއާއެކު، ގޭތެރެ ޒީ ނަތްތެރިކޮށް ބަދިގެއަށް ބޭނުންވާ ސާމާނު ހަމަކޮށް އާކުރުމަކީވެސް ރަމަޟާން މަހައް ތައްޔާރުވުމުގެ ބޮޑު ބަޔެކެވެ.
ރަމަޟާން ތައްޔާރުވުމުގެ ގޮތުން އާންމުކޮށް ވިޔަފާރިކުރާތަކެތި ފަސޭހަކަމާއެކު އޮންލައިންކޮށް، މަގްބޫލުކަން ހޯދަމުން އަންނަ އީކޮމާރސް ޕްލެޓފޯރމް މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލެވޭނެ ކަމަށް އެޓީމުންވަނީ ވިދާޅުވެފައެވެ. އަދި ގަންނަ ކޮންމެ އައިޓަމެއްވެސް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރކޮށްލަދޭނެއެވެ.
ރޯދައަށް ބޭނުންވާ ތަކެތި ހިމެނޭ މި އައު ސެކްޝަންގައި، ބާބަކިއު ގްރިލް، އިލެކްޓްރިކް ގްރިލް، އަވަން، ރައިސް ކުކަރ، ކޮފީ މޭކަރ، ޕޮކެޓް ރޭޑިއޯ، އިސްތިރި ފަދަ އެތަކެއް އައިޓަމެއް ވަނީ ހިމަނާފައެވެ. އެކި ރޭންޖުގެ ނަން މަޝްހޫރު ބްރޭންޑް ތަކުގެ މި ޕްރޮޑަކްޓްތަކަކީ އިތުބާރުހިފޭ މަރޗަންޓުން ޕްލެޓފޯރމގައި ފީޗަރ ކުރައްވާ ޕްރޮޑަކްޓްކެވެ.
މޫލީ ޓީމުން ވިދާޅުވި ގޮތުގައި ކުރިއަށް އޮތްތަނުގައި ގިނަ މަރޗަންޓުންނާއިއެކު އިތުރު ޕްރޮޑަކްޓްތައްވެސް ފެނިގެންދާނެއެވެ.
މޫލީ މެދުވެރިކޮށް ރޯދައަށް ވިޔަފާރިކޮށްލުމަށް:
- އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app
- ޝޮޕް ހިޔާރުކުރެއްވުމަށްފަހި ROADHA ESSENTIALS ނުވަތަ ބޭނުންފުޅުވާ ކެޓެގަރީއެއް ހިޔާރުކުރައްވާ
- ބޭނުންވާ އައިޓަމް ހިޔާރުކުރެއްވުމަށްފަހު ADD TO CART އަށް ފިތާލައްވާ.
- ކާޓް އަށް ގޮސް ޗެކްއައުޓް ކުރައްވާ
- ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް، ޑެލިވަރީ އެޑްރެސްގައި ޖައްސަވާ
- އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ
ގައިދުރުކަން ބަހައްޓަން ޖެހި ދަތުރު ފަތުރު ކުރުމަށް ހުރަސްތަކެއް ދިމާވެފައިވާ މި ދުވަސްވަރު މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ކަސްޓަމަރުންނަށް ލިބޭނެ ލުއެކެވެ.
ރައްކާތެރިކަމާއެކު ގޭގައި ތިއްބަަވައިގެން މޫލީ މެދުވެރިކޮށް ވިޔަފާރިކޮށްލުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރ ކޮށްލަދޭނެއެވެ. މޫލީގެ ޕާރޓްނަރުންނާއި އެކު މޫލީ ޓީމުން މަސައްކަތްކުރަމުންދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން، އެޗް.ޕީ.އޭ ގެ އިރުޝާދުތަކާއި އެއްގޮތަށެވެ.
ރާއްޖޭގެ ކޮންމެ ނެޓްވާރކެއްގެ ކަސްޓަމަރަކަސް މޫލީ މެދުވެރިކޮށް ރޯދައަށް ތައްޔާރުވުމަށް ބޭނުންވާ ތަކެތި ވިޔަފާރިކޮށްލުމަށް މޫލީއިން މަރުހަބާ ކިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް