ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެ މުސާރަ ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެކަމުގެ އިތުރު ތަފްސީލް ހޯއްދަވަން ބޭނުންވާ ކަމަށް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އެހެން ކަމުން މިކަން ސާފުކޮށް ދިނުމަށް އެދި މިސަރުކާރުގެ ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ރައްޔިތުންގެ މަޖިލިހަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
މަލީހު މަޖިލިހަށް ހުށަހެޅުއްވި ލިޔުމުގައި ނަޝީދު ސިފަ ކުރެއްވީ "ދެ މުސާރަ ތަކުރު" ގެ ގޮތުގައެވެ. އަދި "ރައްޔިތުންގެ އަތުން" ނަޝީދު މަހަކު 265،000 އަށް ވުރެ ގިނަ ރުފިޔާ ނަންގަވާ ކަމަށް ވިދާޅުވެ، މީގެ ތަފްސީލަށް މަލީހު އެދިވަޑައިގެންނެވިއެވެ. އަދި މިއީ މަހަކު 17 މީހުން ފަގީރުކަމުން މިންޖުވާހާ ފައިސާ ކަމަށް ވެސް މަލީހު ވަނީ ވިދާޅުވެފައެވ
ނަޝީދަށް ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ މުސާރައިގެ އިތުރުން ކުރީގެ ރައީސުންނަށް ދައުލަތުން ދޭ މުސާރަ އާއި އިނާޔަތްތައް ވެސް ލިބިވަޑައިގަންނަވައެވެ. އެގޮތުން އޭގެ ތެރޭގައި ކުރީގެ ރައީސްއެއްގެ ހައިސިއްޔަތުން އޮފީސް ހިންގަވަން ދައުލަތުން ނަންގަވާ ހަރަދުތައް ވެސް ހިމެނެއެވެ.
ކުރީގެ ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. މަޖިލިހުގެ ރައީސަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،000ރ. އެހެން ކަމުން ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގަންނަވާނެއެވެ.
ނަމަވެސް އޭގެ ތެރެއިން ނަޝީދު ހަމައެކަނި ބޭނުންފުޅުވަނީ އޮފީސް ހިންގުމުގެ ހަރަދާއި ސެކިއުރިޓީގެ ގޮތުގައި ދައުލަތުން ދޭ އިނާޔަތް ކަމަށް އެމަނިކުފާނު އެންގެވި ކަމަށް 2019 ގައި ރައްޔިތުންގެ މަޖިލިހުން ހާމަކޮށްފައިވެއެވެ.
ދާދި ފަހުން މަލީހް ވަނީ ކޮމިއުނިކޭޝަން މިނިސްޓަރު ކަމުން ވަކިކުރައްވާފައެވެ. އެކަމުގެ ސަބަބުން މަލީހް ދަނީ ސަރުކާރުގެ ކަންކަމުގައި ވަރަށް ބޮޑަށް ފާޅު ވިދާޅުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް