ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 2 ލައްކަ 50 ހާހަށް

ޓުރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކަ 50 ހާހަށް އަރާފައި ވެއެވެ. މި އަަހަރުގެ މިހާތަނަށް 255903 ފަތުރުވެރިން ރާއްޖެ އަހިސްފައި ...

21 Mar 2021 | 07:37

ޓުރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 2 ލައްކަ 50 ހާހަށް އަރާފައި ވެއެވެ.

މި އަަހަރުގެ މިހާތަނަށް 255903 ފަތުރުވެރިން ރާއްޖެ އަހިސްފައި ވެއެވެ. އޭގެ ތެރެއިން ޖެނުއަރީ މަހު ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 92،103 މީހުންނަނެވެ. އަދި ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރި އިރު، މި ހިނގާ މާރޗް މަހުގެ މިހާތަނަށް66،918 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %34.2 ދަށްއަދަދެކެވެ.

ދުވާލެއްގެ މައްޗަށް ރާއްޖެއަށް 3239 ފަތުރުވެރިން އަންނައިރު، ފަތުރުވެރިން އާންމުގޮތެއްގައި 8 ދުވަސް ރާއްޖޭގައި ހޭދަކުރެއެވެ.

މިއީ ޖެނުއަރީ މަހާ އަޅާ ބަލާއިރު ކުރިއެރުމެކެވެ. ޖެނުއަރީ މަހު ދުވާލެއްހެ މައްޗަށް ރާއްޖެ އައިސްފައި ވަނީ2971 މީހުންނެވެ. އަދި ފެބްރުއަރީ މަހު3460 ފަތުރުވެރިން ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައި ވާއިރު، މި ހިނގާ މާރޗް މަހުގެ މިހާތަނަށް ދުވާލެއްގެ މައްޗަށް3346 ފަތުރުވެރިން ރާއްޖެ އާދެއެެވެ.

މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. މި ލިސްޓުގެ ދެވަނައިގައި ވަނީ ރަޝިޔާއެވެ. ރާއްޖެއައި ފަތުރުވެރިންގެ 23.8 އިންސައްތަ އަކީ އިންޑިއާމީހުން ކަމަށް ވާއިރު ފަތުރުވެރިންގެ 21.7 އިންސައްތަ އަކީ ރަޝިޔާ މީހުންނެވެ.

ކޯވިޑް19 އަށްފަހު މިހާތަނަށް ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދިނުމަށް 682 ތަނެއް ވަނީ އަލުން ހުޅުވާފައެވެ. މީގެތެރޭގައި ހިމެނެނީ 149 ރިސޯޓާއި، 385 ގެސްޓްހައުސްއާއި، 137 ސަފާރީއާއި، 11 ހޮޓަލްއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް