ފިރުޝާނާގެ ކާމިޔާބަށް މުޅި ގައުމު ފަހުރުވެރިވޭ: ރައީސް

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީގަށް އެ ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ލިބުމާ ގުޅިގެން ރައީސުލްޖު...

21 Mar 2021 | 07:22

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ ސޭންޑްހާސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓެއް ކަމަށްވާ ފިރުޝާނާ ތައުފީގަށް އެ ކޯހުން އެންމެ މޮޅު ދަރިވަރުގެ އެވޯޑް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

މި ކޯހުގައި ބައިވެރިވެ ފިރުޝާނާއަށް "ބެސްޓް އިންޓަނޭޝަނަލް ސްޓޫޑެންޓް އެވޯޑް" ލިބިފައިވާއިރު، ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިރުޝާނާއާމެދު މުޅި ދިވެހި ގައުމުވެސް ފަހުރުވެރިވާ ކަމަށެވެ. މީގެ އިތުރުން ފިރުޝާނާއަކީ ސޭންޑްހާސްޓްގެ ކޯހެއްގައި ބައިވެރިވި ފުރަތަމަ އަންހެން އޮފިސަރުކަންވެސް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

https://twitter.com/ibusolih/status/1373341399710527489

ފިރުޝާނާގެ މި އެވޯޑާ ގުޅޭގޮތުން އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ވަނީ "ބެސްޓް އިންޓަނޭޝަނަލް ސްޓޫޑެންޓް އެވޯޑް" ހާސިލު ކޮށްފައިވާތީ ފިރުޝާނާގެ ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ. އަދިއެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި ފިރުޝާނާއަކީ ސޭންޑްހާސްޓް އެކެޑެމީގައި ތަމްރީނު ހާސިލު ކުރި ފުރަތަމަ ދިވެހި އަންހެން ސިފައިންގެ މީހާ އެވެ.

ފިރުޝާނާއަށް މަރުހަބާ ކިޔުމަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓުގައި ވަނީ، ކުރީ ސަރުކާރުތަކުތަކުގައި އަންހެން ސިފައިންނަށް އެކަށީގެންވާ ވަރަށް ފުރުސަތުތައް ފަހިކޮށްދީފައިި ނެތް ކަމަށާއި އެއީ ދެރަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

https://twitter.com/MariyaDidi/status/1373242264458207238

މި ކޯހަކީ މިލިޓަރީ އޮފިސަރުން ތަމްރީންކުރާ ދުނިޔޭގެ އެންމެ ދުވަސްވީ އަދި މުޅި ދުނިޔޭގައިވެސް މިރޮނގުން އެންމެ މަތީ ދަރަޖައިގައި ގުނާލެވޭ ކޯހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް