ކޮވިޑްގައި ރާއްޖެއިން އިތުރު ދިވެއްސެއް ނިޔާވެއްޖެއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 66 ވަނަ މީހާއެވެ.
ނިޔާވެފައި ވަނީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެޗްޕީއޭއިން މައުލޫމާތު ދޭ ގޮތުގައި އައިޖީއެމްއެޗްގެ އީއާރް އަށް ގެނެވުނު ބަލިމީހަކު ނިޔާވެފައި ވާއިރު، އޭނާ ވަނީ ކޮވިޑަށް ފައްސި ވެފައެވެ.
ބަލިމީހާ ހޮސްޕިޓަލަށް ގެނެވުނީ08:25 ހާއިރު ކަމަށާއި،08:45 ހާއިރު ނިޔާވެފައި ވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިހާރު ވަނީ 22،292 އަށް އަރާފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި އިއްޔެ ރާާއްޖެއިން 145 މީހުން ކޮވިޑަށް ފައްސިވެފައި ވެއެވެ.
މިއާއެކު މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2447 އެވެ. އެޑްމިޓްކޮށްގެން 120 މީހަކަށް ފަރުވާދެމުން އަންނައިރު މިހާތަނަށް 66 މީހަކު ރާއްޖެއިން ކޮވިޑުގައި ނިޔާވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް