ސިންގަޕޫރުގެ މިސްކިތްތައް ރޯދައަށް އަލުން ހުޅުވަން ނިންމައިފި

ކޮވިޑް-19ގައި ސިންގަޕޫރުގެ މިސްކިތްތައް ބަންދު ކުރުމަށްފަހު މިއަރުގެ ރޯދައަށް ހުޅުވަން ނިއްމައިފިއެވެ. ސިންގަޕޫރުގެ އިސްލާމިކް ރިލިޖަން ކައުންސިލް(އެމް ޔޫ އައި އެސް) ބުނެފައިވަނީ މިފެށޭ ރޯދަ މަހު މިސް...

21 Mar 2021 | 05:35

ކޮވިޑް-19ގައި ސިންގަޕޫރުގެ މިސްކިތްތައް ބަންދު ކުރުމަށްފަހު މިއަރުގެ ރޯދައަށް ހުޅުވަން ނިއްމައިފިއެވެ. ސިންގަޕޫރުގެ އިސްލާމިކް ރިލިޖަން ކައުންސިލް(އެމް ޔޫ އައި އެސް) ބުނެފައިވަނީ މިފެށޭ ރޯދަ މަހު މިސްކިތްތައް  އަލުން ހުޅުވާ ނަމާދު ކުރަން ފެށިން ދާނެކަމަށާއި އަދި ހަމަޖެހިފައިވާ ގޮތުން ތަރާވީޙް ނަމާދުވެސް ކުރާނެކަމަށެވެ.

ނަމަވެސް މިސްކިތްތަައް ހުޅުވާލި ކަމުގައި ވިޔަސް މިސްކިތަށް ދާ އެއްމެންވެސް ކޮވިޑް-19 ހާލަތުކަން ދަނެ އެކަމަށް ކަނޑައެޅިފައިވާ ގަވާއިދުތަކަށް ްއިސްކަންދީ އަމަލުކުރުމަށް ހަމަޖެހިފައިވެއެވެ.

އެގޮތުން ވީހާވެސް ބޮޑަށް ގައިދުރުކަމަށް އިސްކަން ދިނުމަށް އެ ކައުންސިލުން އެދިފައިވެއެވެ. ކޮވިޑް-19 ގެ ސަބަބުން ސިންގަޕޫރުގެ 70 މިސްކިތެއްވަނީ ބަންދުކޮށްފައެވެ.

ކޮވިޑް-19ގެ ސަަަބަބުން މާރިޗް މަހުގެ26 ވަނަ ދުވަހާއި ހަމައަށް ސިންގަޕޫތުގެ މިސްކިތްތައް ބަންދު ކުރަން ވަނީ ނިންމާފައެވެ.

ކޮވިޑް-19 ގެ ސަބަބުން އެޤައުމަށް ވެސް ވަނީ ތަފާތު އެކިގޮތް ގޮތުން ބޮޑެތި ގެއްލުން ތަކެއް ލިބިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް