ކޯވިޑް-19: ރިސޯޓަކަށް އެކި ދިވެހި މުވައްޒަފަކު ހައްޔަރުކޮށްފި

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގުމަކުން ވަކި ހާލަތްތަކެއްގައި ނޫނީ ރިސޯޓުތަކަށް އެރުން މަނާކޮށްފައިވަނިކޮށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި...

21 Mar 2020 | 16:41

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރުގެ އެންގުމަކުން ވަކި ހާލަތްތަކެއްގައި ނޫނީ ރިސޯޓުތަކަށް އެރުން މަނާކޮށްފައިވަނިކޮށް ހއ. އަތޮޅުގެ ރިސޯޓަކަށް އެރި މުވައްޒަފަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މައްސަލައިގަ ހައްޔަރު ކުރީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކުރީ32 އަހަރުގެ މީހެކެވެ.

އެމީހާ ހައްޔަރު ކުރީ މިރޭ7:50 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ބުނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މިދަނޑިވަޅުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަންގަވާ އެންގުންތަކަށް ތަބާ ނުވާ މީހުންގެ މައްސަލަ ސީރިއަސް މައްސަލަތކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށެވެ.

ރޭ ވަނީ މާލެ އަތޮޅުގެ ރިސޯޓަކުން ފިލައިގެން ދިޔަ ދެ މީހަކު ފުވައްމުލަކު ސިޓީން ހައްޔަރުކޮށްފައި އެވެ. އަދި މިދިޔަ ހަފްތާގައި ހަފްތާގައި ވަނީ އައްޑޫ ސިޓީ ސައުތް ޕާމް ރިސޯޓުން ފަތާފައި އެ ސިޓީގެ މީދޫއަށް އެރި މީހަކު ހައްޔަރުކޮށްފައި އެވެ.

މި ތިން މީހުންގެ ބަންދަށް15 ދުވަސް ޖަހާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް