ނޭޕާލުގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދިވެހިން ރާއްޖެ ގެންނަނީ

ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ނޭޕާލްގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ރާއްޖެ ގެންނަން ނިންމައިފި އެވެ...

21 Mar 2020 | 16:37

ކޮރޯނާ ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށްދިނުމަށް ނޭޕާލްގައި ތިބި ޑޮކްޓަރުކަން ކިޔަވާ ދަރިވަރުން ރާއްޖެ ގެންނަން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބި ޑޮކްޓަރުކަން ކިޔަވާ ކުދިންގެ ތެރެއިން ހިލޭސާބަހަށް މަސައްކަތް ކޮށްދޭން ބޭނުންވާ މީހުން ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި100 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވާ ކަމަށެވެ. އަދި މިހާރުވެސް އެއަދަދު އިތުރުވަމުންދާ ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރެއިން ނޭޕާލްގައި ތިބި35 ދިވެއްސަކަށް ޓިކެޓާއި އެނޫންވެސް އިންތިޒާމުތައް ހަމަޖެހި ނިމިފައިވާ ކަމަށެވެ. އަދި އެގައުމުގައި ތިބި އިތުރު65 ދިވެއްސަކު ގެނައުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެ އެންމެންނަކީވެސް މެޑިސިން ކިޔަވަމުންދާ ދަރިވަރުންނެވެ. އެމީހުން ރާއްޖެ އައުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ މިރޭ ރާއްޖެއިން ބޭރުގައި ތިބި ސިއްހީ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުންގެ އެހީތެރިކަން ރާއްޖެއިން ބޭނުންވާ ކަމަށް ވިދާޅުވެފައި އެވެ. އަދި އެކަމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް