ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ތިބި ދިވެހިންގެ ތެރެއިން، އެނބުރި ރާއްޖެ ނާދެވިފައި ތިބި މީހުންގެ ހަރަދުތައް އާސަންދަ އާއި އެންސްޕާއިން ބަލަހައްޓާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންޑިއާގެ ޓްރިވަންޑްރަމަށް މޯލްޑިވިއަނުން ކުރަން އޮތް އެންމެ ފަހު ދަތުރު ކެންސަލްވެ ރާއްޖެއަށް އަންނަ ބޭނުންވެފައި ތިބި ގިނަ އަދަދެއްގެ ދިވެހިންތަކެއް މިވަގުތު ތިބީ އިންޑިއާގައި ތާށިވެފަ އެވެ.
އާސަންދައިން މިރޭ ކުރި ޓްވީޓެއްގައި ބުނީ އާސަންދަ އާއި އެންސްޕާ ގުޅިގެން ދިވެހިންގެ ކަންކަން ހަމަޖައްސާނީ އިންޑިއާގައި ހުންނަ ދިވެހި ކޮންޒިއުލޭޓުގެ ބެލުމުގެ ދަށުން ކަމަށެވެ.
https://twitter.com/AasandhaLtd/status/1241372959291269121
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް