ފީއަކާއި ނުލައި އިތުރު ރިސޯޓުތަކެއް ކަރަންޓީން ފެސިލިޓީ ހަދަން ދީފި

އަމިއްލަ ކުންފުނިތަކުން ހިންގާ އިތުރު ރިސޯޓުތަކެއް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ސަރުކާރަށް ދީފި އެވެ. އަލަށް ދީފައިވަނީ ކުޑަ ބަނޑޮސް، ދިއްގިރި ރިސޯޓު، ބިޔާދޫ އައިލެންޑް ރިސޯޓު އަދި ވިލ...

21 Mar 2020 | 12:14

އަމިއްލަ ކުންފުނިތަކުން ހިންގާ އިތުރު ރިސޯޓުތަކެއް ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަން ސަރުކާރަށް ދީފި އެވެ.

އަލަށް ދީފައިވަނީ ކުޑަ ބަނޑޮސް، ދިއްގިރި ރިސޯޓު، ބިޔާދޫ އައިލެންޑް ރިސޯޓު އަދި ވިލާގެ ހޮލިޑޭ އައިލެންޑް ރިސޯޓެވެ. މިހާރު ބޭނުން ކުރާ ކަރަންޓީން ފެސިލިޓީތަކުގެ ތެރޭގައި ވިލާގެ ފަން އައިލެންޑް ރިސޯޓާއި، މިހާރު ހިންގުން ހުއްޓާލާފައިވާ ވެލިދޫ އައިލެންޑް ރިސޯޓު އަދި ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ކުރާ ވިލިވަރު ހިމެނެ އެވެ.

ކޯވިޑް-19 ގެ ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިހުރިހާ ރަށްތަކެއް އަމިއްލަ ކުންފުނިތަކުން ސަރުކާރަށް ދީފައިވަނީ އެއްވެސް ފީއަކާއި ނުލާ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިކަމުން އެނގިގެން ދަނީ އެކުންފުނިތަކުން ސަރުކާރުން ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތްތަކުގައި ބައިވާކަންކަމަށެވެ.

ބައެއް ރަށްރަށް ކުންފުނިތަކުން ދީފައިވަނީ މުވައްޒަފުންނާއި އެކު އެވެ. އެކަމަކު ކަރަންޓީން ކުރާ މީހުންގެ ކެއުމުގެ އިންތިޒާމް ހަމަޖައްސަން ޖެހެނީ ސަރުކާރުންނެވެ. މަބްރޫކް ވިދާޅުވީ އެ އިންތިޒާމް ހަމަޖައްސަމުން ދަނީ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުން ކަމަށެވެ.

މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ އަދަދަށް ބަލާއިރު ފަން އައިލެންޑް ރިސޯޓުގައި59 މީހަކު، ވިލިވަރުގައި28 މީހުން ވެލިދޫ އައިލެންޑް ރިސޯޓުގައި16 މީހުން އަދި ހުޅުލޭ އައިލެންޑް ހޮޓެލްގައި126 މީހަކު އެބަ ތިއްބެވެ.

ސަރުކާރުން ބުނެފައިވަނީ މާލެ ސަރަހައްދުން1،000 މީހުންގެ ޖާގައިގެ ކަރަންޓީން ފެސިލިޓީއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވާފައިވާފައިވާ އެންގުމެއްގައި ވިދާޅުވެފައިވަނީ މިއަދުން ފެށިގެން ވައިގެ މަގުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ޓޫރިސްޓު ރިސޯޓުތަކަށްދާ ޓޫރިސްޓުން ފިޔަވާ އެންމެން ކަރަންޓީން ކުރަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް