ކޯވިޑް-19: ސްރީލައްކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަވައްޓެރި ސްރީލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ. އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ މިއަދު ހަވީރު6:00 ން ފެށިގެން ލަންކާއ...

21 Mar 2020 | 11:58

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަވައްޓެރި ސްރީލަންކާއިން ރާއްޖެއަށް މީހުން އައުން މަނާކޮށްފި އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓުން ބުނީ މިއަދު ހަވީރު6:00 ން ފެށިގެން ލަންކާއިން ރާއްޖެއަށް މީހުން އައުން މަނާވާނެ ކަމަށެވެ. އޭގެ ތެރޭގައި ޓްރާންސިޓް ކޮށްފައިވަ އަންނަ މީހުންވެސް ހިމެނެ އެވެ.

އެކަމަކު އެ ގައުމުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައިވެ އެވެ.

އިމިގްރޭޝަނުން ބުނީ ދަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.

https://twitter.com/ImmigrationMV/status/1241259540969975808

ކޮރޯނާ ވައިރަސް އާއި ގުޅިގެން ވައިރަސް ރާއްޖެއަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން މިއަދުން ފެށިގެން ރިސޯޓުތަކަށް އަންނަ ޓޫރިސްޓުން ނޫން އެންމެން ކަރަންޓީން ކުރާނެ އެވެ.

ލަންކާގައި ކޮރޮނާ ވައިރަސް ޖެހިފައިވާ72 މީހުން އެބަ ތިއްބެވެ. ވައިރަސް ކޮންޓްރޯލް ކުރުމަށް އެ ގައުމުގައި ކާފިއު ހިންގުމަށް ހަމަޖެހިފައިވެ އެވެ.

މިހާތަނަށް ރާއްޖެއަށް މީހުން އައުން މަނާކޮށްފައިވާ ގައުމުތަކަކީ ޗައިނާ، އީރާން، އިޓަލީ، ޖަރުމަނުގެ ދެ ސަރަހައްދެކެވެ. އަދި ބަންގްލަދޭޝް އާއި ސްރީލަންކާ، ފްރާންސާއި ސައުތް ކޮރެއާގެ ދެ ސަރަހައްދެއްގެ އިތުރުން އިނގިރޭސިވިލާތާއި ސްޕެއިން އަދި މެލޭޝިޔާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް