ކޯވިޑް-19: އަމިއްލަ ކުންފުނިތަކުގެ ވަޒީފާއިން މުވައްޒަފުން ވަކި ކުރާ މައްސަލަ ބަލަނީ

ކޮރޯނާ ވައިރަސް އާއި ގުޅިގެން އަމިއްލަ ބޮޑެތި ކުންފުނިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ މައްސަލަ ބަލަން ފަށާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި...

21 Mar 2020 | 11:41

ކޮރޯނާ ވައިރަސް އާއި ގުޅިގެން އަމިއްލަ ބޮޑެތި ކުންފުނިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާއި ގުޅިގެން މުވައްޒަފުން ވަޒީފާއިން ވަކި ކުރަމުންދާ މައްސަލަ ބަލަން ފަށާފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން ބުނެފި އެވެ.

އެޗްއާރުސީއެމުން ބުނީ އެ މައްސަލަ ބަލަން ފެށީ އެ ކޮމިޝަނަށް ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން ކަމަށެވެ.

އެގޮތުން ބައެއް ކުންފުނިތަކުން މުވައްޒަފުން ވަޒިފާއިން ވަކި ކުރާ ކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނެއްބައި ކުންފުނިތަކާއި ގުޅޭގޮތުން ހުށަހަޅާފައިވަނީ މުސާރަ ނުލިބޭގޮތަށް ގޭގައި މަޑުކުރަން އަންގަމުންދާ ކަމަށް ބުނެ އެވެ.

އެ ކޮމިޝަނުން ބުނީ މި ޝަކުވާތަކުގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

https://twitter.com/hrcmv/status/1240713004456394753

ބައެއް އަމިއްލަ ކުންފުނިތަކުން ހާއްސަކޮށް ރިސޯޓުތައް ހިންގާ ކުންފުނިތަކުން ވަނީ އަންނާނެ ޓޫރިސްޓުން ނެތުމުން ރިސޯޓުތައް ތިން މަހަށް ބަންދު ކޮށްފައި އެވެ. އަދި މުވައްޒަފުންނަށް ދަނީ ބައެއް ކުންފުނިތަކުން މުސާރައާއި އެކު ޗުއްޓީ ދެމުންނެވެ. އަނެއް ބައި ކުންފުނިތަކުން މުވައްޒަފުން ވަކި ކުރާކަމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.

މިކަމާ ގުޅިގެން ސަރުކާރުން ބުނެފައިވަނީ ވަޒިފާ އާއި ބެހޭ ގާނޫނާއި ހިލާފުވާ ރިސޯޓުތަކާއި ކުންފުނިތަކާއި ދެކޮޅަށް ގާނޫނުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން އަންގާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް