ޗައިނާގެ ވަރުގަދަ ކޮންސްޓްރަކްޝަން ކުންފުނި ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް ޑިވޮލޮޕްމެންޓް (ބީޔޫސީޖީ) އިން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 50 އިލޮކްޓްރޯނިކް ފޭސްމާސްކް ހަދިޔާކޮށްފިއެވެ.
މި މާސްކުތަކާއި ކުންފުނީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ ކްޓިން މެނޭޖިން ޑިރެކްޓަރ މޫސާ ސޯލިހު އެވެ.
އެމްއޭސީއެލްއިން ބުނީ މި މާސްކުތައް ބޭނުން ކުރަނީ އެ ކުންފުނީގެ ފްރޮންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އެމްއޭސީއެލްގެ މުވައްޒަފުންނަކީ ކޮންމެ ދުވަހަކު ރާއްޖެއިން ބޭރުން އަންނަ އެތައް ބަޔަކާއި މުއާމަލާތް ކުރަންޖެހޭ ބައެކެވެ.
މި މާސްކުތައް ހަދިޔާ ކުރުމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ ޗައިނާގެ ކުންފުނިތަކުން ރާއްޖެއަށް ދިމާވެފައިވާ މި އުނދަގޫ ދަނޑިވަޅުގައި އެހީތެރިކަން ބޭނުންވާ ހުރިހާ ދާއިރާއަކުން އެހީތެރިކަން ދޭނެ ކަމަށެވެ.
އެ މުވައްޒަފުންގެ ރައްކާތެރިކަމާއި ގުޅޭގޮތުން އަބަދުވެސް ސުވާލު ކުރެވޭ ބައެކެވެ. އެމްއޭސީއެލްއިން ބުނީ މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކިރިޔާވެސް ބަލިގެ އަލާމާތެއް ފެނިއްޖެ ނަމަ މުސާރައާއި އެކު ޗުއްޓީއެއްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް