ލޭ އަޅާ ކުދިންނަށް ލޭ ލިބުމުގައި ދަތިތަކަކާއި ކުރިމަތިވެގެން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ކުރިޔަށް އެބަ ގެންދެ އެވެ.
މޯލްޑިވްސް ބްލަޑް ސާވިސް އިން ބުނީ މިއަދު ހެނދުނު10:00 ހަވީރު4:00 އަށް މި ޕްރޮގްރާމް ކުރިޔަށް ގެންދާނެ ކަމަށެވެ. މި ޕްރޮގްރާމް ކުރިޔަށް ދަނީ ތެލަސީމިއާ ސެންޓަރުގައި އެވެ.
ރޭ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ އާންމުކޮށް ލޭ ހަދިޔާ ކުރަނީ ރިސޯޓުތަކުގައި އުޅޭ މުވައްޒަފުން ކަމަށެވެ. އެކަމަކު ކޮރޯނާ ވައިރަސް އާއި ގުޅިގެން ރިސޯޓުތަކުގެ ދަތުރުފަތުރުތައް ހުއްޓާލާފައިވާތީ ލޭ ލިބުމުގައި ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.
އެހެންވެ ވީހާވެސް ގިނަ ބަަޔަކު އިންސާނިއްޔަތަށް ތަކައި ލޭ ހަދިޔާ ކޮށްދިނުމަށް އޭނާވެސް އެދިވަޑައިގެންނެވި އެވެ. އެގޮތަށް ތެލެސީމިއާ ސެންޓަރަށް ދާ ފަރާތްތަކުން ވެސް ސިއްހީ ގޮތުން ދީފައިވާ އިރުޝާދުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް މަބްރޫކް އެދިވަޑައިގަތެވެ.
އެ ސެންޓަރާއި ސަރުކާރުގެ އެދުމަކީ ވީހާވެސް ގިނަ އާންމު ފަރުދުން މިކަމުގައި ލޭ އަޅާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް