ޔޫރޯއަށް ހާއްސަކޮށްގެން ކޮކާ ކޯލާއިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަން މެދުކަނޑާލައިފި

މިއަަހަރު ޖޫން މަހު ބާއްވަން ހަމަޖައްސާފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން ކޮކާ ކޯލާ ކުންފުނިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަން މެދުކަނޑާލައިފި އެވެ. އެ ކުންފުނިން ބުނީ ޕްރޮމޯޝަން މެދުކަނޑާ...

21 Mar 2020 | 08:10

މިއަަހަރު ޖޫން މަހު ބާއްވަން ހަމަޖައްސާފައި އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތަށް ހާއްސަކޮށްގެން ކޮކާ ކޯލާ ކުންފުނިން ކުރިޔަށް ގެންދިޔަ ޕްރޮމޯޝަން މެދުކަނޑާލައިފި އެވެ.

އެ ކުންފުނިން ބުނީ ޕްރޮމޯޝަން މެދުކަނޑާލީ ޔޫރޯ ފުޓުބޯޅަ މުބާރާތް ފަސް ކުރުމުން ކަމަށެވެ. ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހާރު ޔޫރޯ ފުޓުބޯޅަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

ކޮކާ ކޯލާ ކުންފުނިން ބުނީ ޕްރޮމޯޝަން މެދުކަނޑާލި ނަމަވެސް މިހާތަނަށް އިނާމު ލިބޭނެ ކަމަށް އިއުލާނު ކޮށްފައިވާ ފަރާތްތަކަށް ކޮންމެ ދުވަހަކު ދެމުންދާ އިނާމު ލިބޭނެ ކަމަށެވެ. އަދި ކޮންމެ ހަފްތާއަކު ހޮވަމުންދާ ޔޫރޯ ބަލާލަންދިއުމުގެ ފުރުސަތު މިހާތަނަށް ލިބިފައިވާ ފަރާތްތަކަށްވެސް އެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮމޯޝަން މެދުކަނޑާލިކަން އެ ކުންފުނިން ވަނީ ޕްރޮމޯޝަންގައި މިހާތަނަށް ބައިވެރިވި ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށްވެސް އަންގާފަ އެވެ.

ކޯވިޑް-19 އާއި ގުޅިގެން ޑަބްލިއުއެޗްއޯއިން ވަނީ ބޮޑެތި ހުރިހާ ކުޅިވަރު މުބާރާތްތަކާއި ހަފްލާތައް ބޭއްވުން މެދުކަނޑާލަން އިލްތިމާސްކޮށްފައި އެވެ.

މިހާތަނަށް ދުނިޔޭގެ170 ގައުމަކަށް މި ވައިރަސް ފެތުރިފައިވާއިރު ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް