ވިލިމާލޭ ފެރީގެ ހިދުމަތުގައި ބޭނުން ކުރާ ކާޑު ހިލޭ ދޭން ނިންމައިފި

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދުން ފެށިގެން ދަތުރު ކާޑު ހިލޭ ދޭން ފަށައިފި އެވެ. ވިލިމާލެ އާއި މާލެ އާއި ދެމެދު ފެރީގެ ހިދުމަތްދޭ އެމްޓީސީސީން ބުނީ މިގޮތަށް ނިންމީ ކަސްޓަމަރުންނާއި މުވައްޒަ...

21 Mar 2020 | 07:56

ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިއަދުން ފެށިގެން ދަތުރު ކާޑު ހިލޭ ދޭން ފަށައިފި އެވެ.

ވިލިމާލެ އާއި މާލެ އާއި ދެމެދު ފެރީގެ ހިދުމަތްދޭ އެމްޓީސީސީން ބުނީ މިގޮތަށް ނިންމީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ޓަކާ ކަމަށެވެ. އެއީ ފައިސާ ގެންގުޅޭ ވަރާއި ސިންގަލް ޓޯކަން މަދު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ފެރީތަކާއި ބަސްތަކުގައި ސެނެޓައިޒާ ބެހައްޓައި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށް މައުލޫމާތުފެމުންދެ އެވެ.

މީގެ އިތުރުން އެ ކުންފުނީގެ ފެރީ އާއި ބަހުގެ ހިދުމަތް ޓޫރިސްޓުން ބޭނުން ކުރުން ވަނީ މަނާކޮށްފައި އެވެ. އަދި ބިދޭސީންގެ ތެރެއިން ވޯކް ވިސާގައި މަސައްކަތް ކުރާ މީހުން ފެރީގެ ހިދުމަތް ބޭނުން ކުރާ ނަމަ ސައްހަ ލިޔެކިޔުން ހުށަހަޅަން ޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް