ކޯވިޑް-19: ސެންތާރާ ގްރޭންޑުންވެސް ދިވެއްސަކު ޓެސްޓުކުރަނީ

ސެންތާރާ ގްރޭންޑް ރިސޯޓުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނިގެން، އޭނާގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ. އ...

21 Mar 2020 | 07:40

ސެންތާރާ ގްރޭންޑް ރިސޯޓުން ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި ދިވެއްސަކު ފެނިގެން، އޭނާގެ ސާމްޕަލް ޓެސްޓުކުރުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައްކާތެރިކަމުގެ ގޮތުން އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން އެ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން ދެ ރިސޯޓުވެސް މޮނިޓަރިންގްއަށް ލާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މީގެ އިތުރުން ރަންދެލި ރިސޯޓުންވެސް ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު، ބަލި ޖެހުނު ދެ މީހުން މިހާރު ވަނީ މުޅިން ރަނގަޅުވެފައެވެ. މިހާރު ވައިރަސް ޖެހިގެން ފަރުވާ ދެމުން އަންނަނީ 11 މީހަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް