ކޯވިޑް-19: އަލީބާބާގެ ފައުންޑަރު، ޖެކް މާ މިފަހަރު އެހީވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާގެ މަހުޖަނު އަދި އަލީބާބާ ގެ ފައުންޑާ، ޖެކް މާ މިފަހަރު އެހީދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ. ކޮރޯނާ ވައިރަސް ފެތުރުން ޗައިނާގައި ކޮންޓްރޯލް ވުމާއި އ...

21 Mar 2020 | 07:19

ކޮރޯނާ ވައިރަސް އާއި ގުޅިގެން ޗައިނާގެ މަހުޖަނު އަދި އަލީބާބާ ގެ ފައުންޑާ، ޖެކް މާ މިފަހަރު އެހީދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

ކޮރޯނާ ވައިރަސް ފެތުރުން ޗައިނާގައި ކޮންޓްރޯލް ވުމާއި އެކު އޭނާ ވަނީ ދުނިޔޭގައި ބަލި ފެތުރެމުންދާ ގަައުމުތަކަށް އެހީވާން ފަށާފައި އެވެ. އެގޮތުން އެމެރިކާ، މެލޭޝިއާ، އިންޑޮނޭޝިއާ، ޖަޕާން އަދި ތައިލެންޑުގެ އިތުރުން ޔޫރަޕުގެ ބައެއް ގައުމުތައް ކަމަށްވާ، އިޓަލީ އާއި ސްޕެއިނަށް އޭނާ ވަނީ މެޑިކަލް އެހީގެ އިތުރަށް ކާބޯތަކެތި ވެސް ފޯރުކޮށްދީފަ އެވެ.

ޖެކް މާ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ އޭނާ މިފަހަރު އެހީ ފޯރުކޮށްދޭނީ އޭޝިއާގެ ގައުމުތަކަށް ކަމަށެވެ. އެ ލިސްޓުގައި ހިމެނޭ ކަމަށް ބުނެފައިވަނީ ރާއްޖެ، ސްރީލަންކާ، ކެމްބޯޑިއާ، ލާއޮސް އަދި އަފްގާނިސްތާން، ބަންގަލަދޭޝް، ނޭޕާލް އެވެ. މީގެ އިތުރުން މި ލިސްޓުގައި ޕާކިސްތާން، މޮންގޯލިއާ އާއި މިޔަންމާ ހިމެނެ އެވެ.

އޭނާ ބުނީ އެ ގައުމުތަކަށް އެހީގެ ގޮތުގައި1.8 މިލިއަން ސާޖިކަލް މާސްކް،210،000 ކޮރޯނާ ވައިރަސް ޓެސްޓު ކިޓު، ރައްކާތެރިކަމުގެ ގޮތުން އަޅާ36،000 ހެދުން އަދި ވެންޓިލޭޓަރާއި ތާމޯމީޓާ ދޭނެ ކަމަށެވެ. އެކަމަކު ކޮންމެ ގައުމަކަށް ވަކިން ދޭނެ ވަރު ހާމަކޮށްފައެއް ނުވެ އެވެ.

https://twitter.com/JackMa/status/1241222631895879680

އިިތުރަށް ބުނެފައިވަނީ މި ތަކެތި ގައުމުތަކަށް ފޮނުވުމުގައި ދަތިތަކެއް ހުރުމުން ލަސްވެދާނެ ކަމަށެވެ. އެކަމަކު ގައުމުތަކަށް މި އެހީ ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ13 މީހަކު ރާއްޖެއިން ފެނިފައިވެ އެވެ. އޭގެ ތެރެއިން ދެ މީހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ސަރުކާރުން ގެންދަނީ ރާއްޖޭގައި ބަލި ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް