ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑަށް ރާއްޖެއިން ދެލައްކަ ޑޮލަރު ހުށަހަޅައިފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތައް ބައިވެރިވެގެން އުފައްދާ ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑަށް ދިވެހިރާއްޖެއިން 200،000 ޑޮލަރު ހުށަހަޅައިފިއެވެ. މި ފަ...

21 Mar 2020 | 06:52

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ކުރިމަތިލުމަށް ސާކް ޤައުމުތައް ބައިވެރިވެގެން އުފައްދާ ސައުތު އޭޝިއާ އިމަރޖެންސީ ރިލީފް ފަންޑަށް ދިވެހިރާއްޖެއިން 200،000 ޑޮލަރު ހުށަހަޅައިފިއެވެ.

މި ފަންޑަށް ރާއްޖޭގެ އިތުރުން ނޭޕާލުން ވަނީ 835,657 ޑޮލަރު ހުށަހަޅާފައެވެ. އަދި ބޫޓާނުން ވަނީ 100,000 ޑޮލަރު ހުށަހަޅާފައެވެ.

މި މަހުގެ 15 ވަނަ ދުވަހު ސާކްގެ ޤައުމުތަކުގެ ލީޑަރުންގެ މެދުގައި ބޭއްވެވި ވީޑިއޯ ކޮންފަރެންސަށްފަހުގަ ކޯވިޑް-19 އާ ކުރިމަތިލުމުގައި ގުޅިގެން މަސައްކަތްކުރުމުގެ ގޮތުން މި އިމަރޖެންސީ ރިލީފް ފަންޑު އުފެއްދުމަށް އިންޑިއާއިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅާފައެވެ. މި ފަންޑު އުފެއްދުމުގެ މަސައްކަތް ފަށާފައި މިވަނީ އިންޑިޔާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ގެ އިސްނެންގެވުމަކަށްށެވެ.

ކޯވިޑް-19ގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދަށް ލިބޭ ހީނަރުކަން ފޫބެއްދުމަށް ރީޖަނަލް ރިލީފް ޕެކޭޖެއް ތަޢާރަފުކުރުމާއި، ދިގު މުއްދަތުގެ ރިކަވަރީ ސްޓްރެޓަޖީއެއް އެކުލަވާލުމާ ބެހޭގޮތުންވެސް މި ކޮންފަރެންސްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް